މާލެސިޓީގެ ގަލޮޅު ފުލުހުން ތަހުގީގު ކުރަމުންދާ، މަކަރާއި ހީލަތުގެ މައްސަލައަކާ ގުޅިގެން މީހަކު ހޯދަން ފަށައިފިއެވެ.
ފުލުހުން -ބުނި ގޮތުގައި ހޯދަމުން ދަނީ، މާފަންނު އަރޫދާގެ ކިޔާ ގެއެއްގެ، 52 އަހަަރުގެ އަބްދުﷲ އިބްރާހީމް، އެވެ.
ޢަބްދުﷲ އިބްރާހީމް ހާޒިރުކުރުމަށް ބޭނުންވެ، އުޅޭ ވަކި ތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދު ކުރެވިފައި ނުވާތީ މީނާ ހޯދަން ފުލުހުން އިއުލާނު ކުރީ ޖިނާއީ މައްސަލަތައް ތަހުގީގުކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގައިވާ ގޮތުގެމަތިންނެވެ.
އަބްދުﷲ އިބްރާހީމް ގަލޮޅު ޕޮލިސް ސްޓޭޝަނަށް، ކުރިއަށް މިއޮތް ނޮވެމްބަރު މަހުގެ 7 ވަނަ ދުވަހުގެ 10:00 އަށް ހާޒިރުވުމަށް ވަނީ އަންގާފައެވެ.

