ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން، ދިވެހި ރާއްޖޭގެ ފަސްޓްލޭޑީ ސާޖިދާ މުޙައްމަދު، ގެމްބިޔާގެ ފަސްޓް ލޭޑީ ފާތުމައްޓާ ބައްބަރޯއާ ބައްދަލު ކުރައްވައިފިއެވެ.
މިބައްދަލުކުރެއްވުން އޮތީ، މެރކް ފައުންޑޭޝަން އެފްރިކާ އޭޝިއާ ލުމިނަރީ ކޮންފަރެންސްގެ 11 ވަނަ އަހަރީ ބައްދަލުވުމުގެ ހަވާސާގައެވެ. މިބައްދަލުކުރެއްވުމުގައި ދެބޭފުޅުން ވަނީ ދެގައުމުގައި ހުރި އެއްގޮތް ނާޒުކު މައްސަލަތައް ހައްލު ކުރުމަށް މުޖުތަމައު ގުޅިގެން މަސައްކަތް ކުރެވޭނެ ގޮތްތަކެއް އެކުލަވާލުމުގެ މުހިއްމުކަން ފާހަގަ ކުރައްވާފައެވެ.
މީގެއިތުރުން މެރކް ފައުންޑޭޝަންގެ ފަރާތުން ހޯދާފައިވާ ކާމިޔާބީތައް ފާހަގަކުރައްވާ އޭޝިއާ އަދި އެފްރިކާގެ ގައުމުތަކަށް ކުރިމަތިވެފައިވާ މައްސަލަތައް ހައްލު ކުރުމަށް ގުޅިގެން މަސައްކަތް ކުރުމާއި ގުޅޭ ގޮތުން ފުޅާދާއިރާއެއްގައި ދެބޭފުޅުން ވަނީ މަޝްވަރާ ކުރައްވާފައެވެ. މިގޮތުން މުޅި ދުނިޔެއަށް ބަލާއިރުވެސް، ކޮންމެ ގައުމަކަށް ނިސްބަތްވީ ނަމަވެސް އަންހެނުންނަށް އެއް ބާވަތްތަކެއްގެ ދަތިތަކެއް ކުރިމަތިވެފައިވާކަން ދެބޭފުޅުންގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.
މިގޮތުން މުޅި ދުނިޔެއަށް ބަލާއިރުވެސް، ކޮންމެ ގައުމަކަށް ނިސްބަތްވީ ނަމަވެސް އަންހެނުންނަށް އެއް ބާވަތްތަކެއްގެ ދަތިތަކެއް ކުރިމަތިވެފައިވާކަން ދެބޭފުޅުންގެ ވާހަކަފުޅުގައި ފާހަގަ ކުރެއްވިއެވެ.

