ފަތިހު ހޭލުމަކީކިހާ މުހިންމު ކަމެއްކަމާއި ފަތިހު ހޭލުން އާދައަކަށް ހެދުމުގެ މައްޗަށް ވިސްނާލަންޖެހެއެވެ. ސިއްހީ މައްސަލައެއް ނެތްނަމަ ފަތިހު ނިދިން ހޭލުން އާދައަކަށް ހެދިދާނެއެވެ. އޭރުން ފަތިހުގެ ހިތްގައިމުކަމާއިއެކު ދުވަސް ފެށުމަށް ފަސޭހަވާނެއެވެ. ފަތިހަކީ ވަރަށް މުހިންމުވަގުތެކެވެ. މި ވަގުތު ވަރަށް ގިނަބަޔަކު ނިދަންތިބެއެވެ. އާންމުކޮށް ފަތިސް ނަަމާދު ވަގުތު ގެއްލުވާލުމަށްފަހު ނިދާތަންފެނެއެވެ. މިއީ ޝައިތާނާގެ ކަމެއްތޯ ސުވާލު އުފެދެއެެވެ.
ފަތިސް ވަގުތު ނިދިގަދަވުމަކީ ޝައިތާނީ ކަމެއް ކަމާއި، މިކަމާ ގުޅޭގޮތުން ދަންނަ ގިނަ ބަޔަކު ބުނަނީ ފަތިސް ގަޑީގައި ޝައިތާނާގެ ވަސްވާސް ގަދަވާކަމަށެވެ. ޝައިތާނާ އަބަދުވެސް ނަމާދަށް ހުރަސް އަޅައެވެ. އެހެންކަމުން އެ ވަގުތު ނިދި ގަދަވެގެންދާ ވަގުތަށް ވެގެންދެއެވެ.
ފަތިހު ހޭލެވޭނެ ކަންތައްތައް:
- އަވަހަށް ނިދުން
2. ހޭލުމުގެ ނިޔަތުގައި ނިދުން
3. ނިދުމުގެ ކުރިން ވުޟޫ ކުރުން
4. ޤުރްޢާން ކިޔަވުން
5. ގަޑި ސޯނާކުރުން
ނިދުމާއި އޭގެ މުހިންމު މައުލޫމާތު
ކޮންމެ ރެއަކުވެސް ނިދަންޖެހޭ މިންވަރުއެކި އުމުރުގައި ތަފާތެވެ. އެހެންކަމުން ދުވާލު ގަޑީގެ ބިޒީވަގުތުތަކުން އަރާމު ހޯދުމަށް ނިދަންވީކޮން ވަގުތެއްކަން ދެނެގަތުމަށް މަސައްކަތް ކުރަންޖެހެއެވެ. ނޭޝަނަލް ސްލީޕް ފައުންޑޭޝަނުން ބުނަނީ ބޮޑެތި މީހުން ނިދަންޖެހޭނީ ހަތް ގަޑިއިރާއި ނުވަ ގަޑިއިރު ނުވަތަ އެވްރެޖްކޮށް އަށް ގަޑިއިރުކަމަށެވެ.
މި ލިޔުމުގައި ބަލާފައިވަނީ ކޮންމެ އުމުރެއްގައި ވެސް ނިދަން ޖެހޭ މިންވަރާއި އާންމުކޮށް ނިދަންޖެހޭ ގަޑިއަކީ ކޮބައިތޯ އެވެ. މީގެ އިތުރުން ވަގުތުން ނިދުމާއި ފަސޭހައިން ނިދުމަށް ހުރަސް އެޅޭ ބައެއް އާންމު މައްސަލަތަކާއި ނިދުމުގެ ކުރިން އަރާމުކުރާނެ ގޮތަތައް ހޯދަން ޖެހެއެވެ.
އުމުރަށް ބަލާއިރު ކިހާ ވަރަކަށް ނިދި ބޭނުންހެއްޔެވެ؟
ނޭޝަނަލް ސްލީޕް ފައުންޑޭޝަނުން ލަފާދެނީ އަލަށް އުފަންވާ ކުދިން (0-3 މަސް) ގައި ދުވާލެއްގެ މައްޗަށް އެވްރެޖްކޮށް 14 ގަޑިއިރާއި 17 ގަޑިއިރާއި ދެމެދުގެ ނިދި، ބޭނުންވާނެ ކަމަށެވެ. (4-11 މަސް)ގައި ދުވާލެއްގެ މައްޗަށް އެވްރެޖްކޮށް 12 ގަޑިއިރާއި 15 ގަޑިއިރާއި ދެމެދުގެ ނިދި، ބޭނުންވާނެ ކަމަށެވެ.
(12-35 މަސް) ހުގައި އެވްރެޖްކޮށް 11-14 ގަޑިއިރު، ނިދި ބޭނުންވާނެއެވެ. އަދި ޕްރީސްކޫލުގެ ކުދިން (3 އަހަރާއި 5 އަހަރާ ދެމެދު) ދުވާލަކު އެވްރެޖްކޮށް 10-13 ގަޑިއިރު ނިދަން ޖެހޭނެ ކަމަށެވެ.
ސްކޫލް އުމުރުގެ ކުދިން (6 އަހަރާއި 13 އަހަރާ ދެމެދު) ދުވާލަކު އެވްރެޖްކޮށް ނުވަ ގަޑިއިރާއި 11 ގަޑިއިރު ނިދަން ޖެހޭއިރު، ޓީނޭޖަރުން (14 އަހަރާއި 17 އަހަރާ ދެމެދު) ދުވާލަކު އެވްރެޖްކޮށް އަށް ގަޑިއިރާއި 10 ގަޑިއިރަށް ނިދަންޖެހެއެވެ. ޒުވާން ބޮޑެތި މީހުން (18 އަހަރާއި 25 އަހަރާ ދެމެދު) ދުވާލަކު އެވްރެޖްކޮށް ހަތް ގަޑިއިރާއި ނުވަ ގަޑިއިރު ނިދަން ޖެހޭނެ ކަމަށްވެސް ބުނެފައި ވެއެވެ.
ބޮޑެތި މީހުން (26-64) ދުވާލަކު އެވްރެޖްކޮށް ހަތް ގަޑިއިރާއި ނުވަ ގަޑިއިރު ނިދަންޖެހޭއިރު، އުމުރުން ދުވަސްވީ މީހުން (އުމުރުން 65 އަހަރުން މަތީގެ މީހުން) ދުވާލެއްގެ މައްޗަށް އެވްރެޖްކޮށް ހަތް ގަޑިއިރާއި އަށް ގަޑިއިރާއި ދެމެދު ނިދަން ޖެހޭނެއެވެ.
ވިސްނަންޖެހޭ ކަންކަން: ކިހާ ވަރެއްގެ ނިދުމެއް ބޭނުންވޭ
ނިދާ ގަޑިއަކީ ކޮބައިކަން ކަނޑައެޅުމަށްޓަކައި ތާޒާކަން އިހުސާސްކުރަން ކިހާ ވަރެއްގެ ނިދުމެއް ހޭދަވޭތޯ ވިސްނާލަން ޖެހެއެވެ. އެއަށް ކިޔަނީ ނިދުމުގެ ބޭނުމެވެ. ބައެއް މާހިރުން ފާހަގަކުރާ ގޮތުގަ ތިބާގެ އުމުރަށް ބަލާއިރު ނިދުމުގެ ބޭނުންތެރިކަން ހިސާބުކުރެއެވެ. ތިބާގެ މާހައުލާއި ސިއްޙީ ޙާލަތުގެ ސަބަބުން ވެސް ނިދި ބޭނުންވާ މިންވަރަށް އަސަރުކޮށްފާނެއެވެ.
ބައެއް މީހުންނަކީ ނިދުން ވަރަށް ކުރުކޮށް ނިންމާލާމީހުންނެވެ. ނުވަތަ ދިގުކޮށް ނިދާ މީހުންތިބެއެވެ. މިފަދަ މީހުން ހަތް ގަޑިއިރަށްވުރެ މަދުން ނިދި ނަމަވެސް ނިދި ހަމަވެއެވެ. ދިގުކޮށް ނިދާ މީހުންނަށް ވެސް ރަނގަޅަށް އަރާމުކުރަން ނުވަ ގަޑިއިރަށްވުރެ ގިނައިރު ބޭނުންވާނެއެވެ.
ކުޑަކުދިންނަށް އެކަށީގެންވާ ވަރަށް ނިދީގެ އަރާމެއް އިހުސާސް ކުރުމަށް ބޮޑެތި މީހުންނަށްވުރެ ގިނައިން ނިދި ބޭނުންވެއެވެ. ނިދި ނުލިބުމަކީ ޑިޕްރެޝަން، ނުވަތަ ހިތުގެ ބަލިތަކާއި، އޮބެސިޓީ، ބަރުދަން އިތުރުވުން އަދި އެހެނިހެން ޞިއްޙީ މައްސަލަތަކާ ގުޅިފައިވާ ކަމެކެވެ.
ނިދުމަށްފަހު ބޭނުންވާ ގަޑީގައި ހޭނުލެވޭނީ ކީއްވެ ހެއްޔެވެ؟
ކަނޑައެޅިފައިވާ ނިދުމުގެ ވަގުތު ހަމަނުވުން ނުވަތަ ވަގުތަށް ހޭނުލެވުމަކީ އާންމު ކަމެކެވެ. އެކި އުމުރުގައި ނިދުމަށް އަންނަ ބަދަލުތަކާއެކު ބޮޑެތި މީހުންނަށް ދުވާލަކު ހަތް ގަޑިއިރާއި ނުވަ ގަޑިއިރު ނިދަން ބޭނުންވެއެވެ. އުމުރަށް އަންނަ ބަދަލާއެކު ނިދި ނުލިބޭނަމަ، ނިދާ ގަޑިއަށް ވާސިލްވުމަށް ފަސޭހަކޮށްދިނުމުގެ ގޮތުން ނިދުމުގެ އާދަތައް ރަނގަޅު ކުރަންޖެހެއެވެ. ނިދުމުގައި އިންސޮމްނިއާ ޖެހިފައިވާ ކަމަށް ހީވާނަމަ ސިއްހީ ހިދުމަތްދޭ ފަރާތަކާ ވާހަކަ ދައްކާށެވެ. މިއީ މުޅި ސިއްހަތަށް ވަރަށް މުހިންމު ކަމެކެވެ.
ނިދުމުގެ އެންމެ ރަނގަޅު ވަގުތުތަކާ ބެހޭ ގޮތުން އިތުރު މައުލޫމާތު ހޯދަން ބޭނުންނަމަ ބޯޑު ސެޓިފައިޑް ސްލީޕް މެޑިސިން ފިޒިޝަނެއްގެ ލަފާ ހޯދާށެވެ. މައްސަލައަކީ ތިމާގެ ރޫޓިންތަކަށް ނޫނީ މައިގަނޑު ޞިއްޙީ ޙާލަތަކަށް ވެދާނެ ކަމެވެ.

