ނަސްރުގެ ދުވަހާ ގުޅިގެން ރަސްމީ ފާލަން ސަރަހައްދުގެ ނެރާއި ފާލަންތަކާއި، ގްރީން ޒޯން ހިމެނޭ ސަރަހައްދު ބަންދުކުރަން ނިންމާފައިވާ ކަމަށް ފުލުހުން މިއަދު ބުނެފިއެވެ.
ފުލުހުން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ ނަސްރުގެ ދުވަސް ފާހަގަކުރުމަށް ބާއްވާ ހަރަކާތްތަކާ ގުޅިގެން މިއަދާއި، ނޮވެންބަރު 1، 2 އަދި 3 މި ހަތަރު ދުވަހު ރަސްމީ ފާލަން ސަރަހައްދުގެ ނެރާއި ފާލަންތައް އަދި ގްރީން ޒޯން ހިމެނޭ ސަރަހައްދު ބަންދުކުރެވޭނެ ކަމަށެވެ.
ބަންދުކުރާނީ އެއިން ކޮންމެ ދުވަހެއްގެ ވެސް މެންދުރުފަހު 15:00 އިން ފެށިގެން ހަވީރު 18:00 އަށް ކަމަށް ފުލުހުން ބުންޏެވެ.
ކޮންމެ އަހަރެއްގެ ވެސް ނަސްރުގެ ދުވަސް ފާހަގަކުރަނީ ނޮވެންބަރު 3 ވަނަ ދުވަހުއެވެ.

