ޙައްޖާއި ޢުމްރާގެ ޚިދުމަތްދޭ ކުންފުނިތަކަށް ބާއްވާ ފުރަތަމަ "ޙައްޖު ޢުމްރާ ކޮންފަރެންސް" މިއަދު ފަށައިފިއެވެ.
ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ އިރުޝާދުގެ ދަށުން، ރާއްޖެއިން މީހުން ހައްޖާއި އުމްރާއަށް ގެންދިއުމުގެ ނިޒާމު އިތުރަށް ހަރުދަނާކުރުމަށްޓައި މަޝްވަރާކުރުމުގެ މަގުސަދުގައި، ފުރަތަމަ ފަހަރަށް ރާއްޖޭގައި ބާއްވާ ޙައްޖު، ޢުމްރާ ކޮންފަރެންސް ކުރިއަށްދަނީ އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައެވެ.
މި ކޮންފަރެންސް މަގުސަދަކީ ހައްޖާއި އުމްރާގެ އަށް ގެންދިއުމުގެ ނިޒާމު ހަރުދަނާކުރުމާއި، ޙައްޖާއި ޢުމްރާގެ ޚިދުމަތް ދެމުން އަންނަ ކުންފުނިތަކުގެ ޚިޔާލާއި މަޝްވަރާ ހޯދުމެވެ.
މި ކޮންފަރެންސް ފެށުމުގެ ރަސްމިއްޔާތުގައި ނައިބު ރައީސް އަލްއުސްތާޒު ޙުސައިން މުޙައްމަދު ލަތީފް ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން އަންނަނީ ދީނީ މަސައްކަތްތަކާ ގުޅޭ ވަކިވަކި ދާއިރާތަކަށް އަމާޒުކޮށް މަހާސިންތާތައް ބާއްވަމުންނެވެ.
އެގޮތުން އެ ވުޒާރާއިން ވަނީ އިލްމުވެރިންގެ މަހާސިންތާ، ޖަމްއިއްޔާ މަހާސިންތާ، ޢިމާމުންގެ މަހާސިންތާ ކާމިޔާބުކަމާއެކު ކުރިއަށް ގެންގޮސްފައެވެ.

