ފުލުހުން ތަހުޤީގުކުރަމުންދާ ވައްކަމުގެ މައްސަލައެއްގައި މަޑަވެލީ މީހަކު ހޯދަން އިއުލާންކޮށްފިއެވެ.
ހުޅުމާލެ ޕޮލިސް ސްޓޭޝަނަށް ހުށަހެޅިފައިވާ ވައްކަމުގެ މައްސަލައެއްގެ ތަހުޤީގަށް ހާޒިރުކުރަން ފުލުހުން ހޯދަމުންދަނީ ގދ. މަޑަވެލި/ ރީތިގެ، ނަޝްއަތު ނިޒާރު (23އ) އެވެ.
ފުލުހުން ވިދާޅުވި ގޮތުގައި ތަހުޤީގު ކުރަމުންދާ ވައްކަމުގެ މައްސަލައެއްގައި ސުވާލުކުރުމަށާއި މައުލޫމާތު ސާފުކުރުމަށް ނަޝްއަތު ހާޒިރުކުރަން އުޅުމުން އޭނާ އުޅޭ ވަކިތަނެއް ވަނީ ނޭގިފައެވެ. އަދި ތަހުގީގަށް ހާޒިރުވުމަށް ޗިޓް ރައްދުކުރެވިފައިނުވާތީއާއި އާއިލާއަށްވެސް އުޅޭ ވަކިތަނެއް އެނގިފައިނުވާތީ، ޖިނާއީ މައްސަލަތައް ތަޙުޤީޤުކުރުމުގައި ފުލުހުން ޢަމަލުކުރާނެ އިޖުރާއަތުގެ ޤަވާއިދުގެ 27 ވަނަ މާއްދާގައި ވާގޮތުގެ މަތިން ތަހުގީގަށް ހާޒިރުވުމަށް އަންގައި އިއުލާނުކުރާ ކަމަށެވެ.
އެހެންކަމުން 25 ސެޕްޓެމްބަރ 2021 ވަނަ ދުވަހުގެ ހެދުނު 10:00 އަށް ހުޅުމާލޭ ޕޮލިސް ސްޓޭޝަނަށް ހާޒިރުވުމަށް އޭނައަށް އަންގާ ފުލުހުން ވަނީ އިއުލާންކޮށްފައެވެ.

