މާލޭގައި ހިންގި ފޭރުމުގެ މައްސަލައަކާ ގުޅިގެން އަންހެނަކު ހައްޔަރުކޮށްފިއެވެ.
މޯލްޑިވްސް ޕޮލިސް ސަރވިސްއިން މަޢުލޫމާތު ލިބިފައިވާ ގޮތުގައި މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ މާލެ، މއ. ފޯޗިއުން، ފާޠިމަތު ޢަލީ (37އ) އެވެ.
ފުލުހުން ބުނީ ، ފާޠިމަތު ޢަލީ ހައްޔަރުކޮށްފައިވަނީ 2024 އޮކްޓޫބަރު 30 ވަނަ ދުވަހުގެ ރޭ 22:08 އެހައިކަންހާއިރު، ބަނގްލަދޭޝް ރައްޔިތަކު މާލެ، ގަލޮޅު ގެއަކަށް އޮޅުވާލައިގެން ގެންގޮސް ވަޅިން ބިރުދައްކައި ފޭރިފައިވާ މައްސަލައާ ގުޅިގެންނެވެ.
ފާޠިމަތު ޢަލީގެ ހައްޔަރާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން، 15 ދުވަހުގެ މުއްދަތަށް ބަންދުކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.
ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ،
އެނގިފައިވާ ގޮތުގައި މި ފޭރުމުގައި ދިވެހި ފިރިހެނަކުވެސް ވަނީ މިއަންހެންމީހާއާ ބައިވެރިވެ، އެހީތެރިވެދީފަ އެވެ.

