މާދަމާއިން ފެށިގެން ސިވިލް ސާވިސް މުވައްޒަފުން ވަޒީފާއަށް ނުކުތް ކަމުގައި ވިޔަސް މަސައްކަތް ނުކުރާނެކަމަށް ދިވެހި ސިވިލް ސާވެންޓު އެސޯސިއޭޝަނުން ވިދާޅުވެއްޖެއެވެ.
މިއެސޯސިއޭޝަނުން އިސްނަގައިގެން މުޅި ރާއްޖޭގައި ސިވިލް ސާވިސް މުވައްޒަފުން މިއަދު ވަނީ ކަޅު ހެދުމުގައި ހިމޭން އިހުތިޖާޖެއް ކުރިޔަށް ގެންގޮސްފައެވެ. ދިވެހި ސިވިލް ސާވެންޓު އެސޯސިއޭޝަނުން ވިދާޅުވާ ގޮތުގައި ސިވިލް ސާރވިސް މުވައްޒަފުންގެ މުސާރަ މައްސަލައިގައި ގެންގުޅޭ ތަފާތުކުރުމުގެ ސަބަބުން މިއަދު ފެށި އިހުތިޖާޖް ނިންމާލާނީ މިމައްސލައެއް ހައްލެއް ހޯދުމަށްފަހުގައި ކަމަށާއި ވަރަށް ގިނަ ދުވަހު ހިމޭނުން ތިބެވިއްޖެކަމަށެވެ.
މިއިހުތިޖާޖުގައި ރާއްޖޭގެ އެކިކަންކޮޅުތަކުން ސިވިލް ސާވެންޓުން ވަނީ ބައިވެރިވެފައެވެ. އަދި ކަޅުހެދުމުގައި ވަޒީފާއަށް ނުކުމެ ފޮޓޯ ނެގުމަށްފަހު ސިވިލް ސރަވެންޓް ކޮމިޝަނުގެ އޮފިޝަލް ފޭސްބުކް ޕޭޖުގައި އެފޮޓޯތައް ވަނީ ޝެއަރކޮށްފައެވެ. އަދި ސިވިލް ސާވެންޓުން ބުނަމުން ދިޔައީ މުވައްޒަފުންގެ ހައްޤު ހޯދުމަށް އެއެސޯޝިއޭނަނުން ކުރަމުންދާ މަސައްކަތުގައި ބައިވެރިވާ ކަމަށެވެ.

ސިވިލް ސާވެންޓް މުވައްޒަފެއް އިހުތިޖާޖަށްނިކުމެ/ ފޮޓޯ: ދިވެހި ސިވިލް ސާވެންޓްސް އެސީސިއޭޝަން

އަތޮޅު ތެރޭގެ ރަށެއްގެ އޮހީސް މުވައްޒަފުން ކަޅުހެދުމުގައި / ފޮޓޯ: ދިވެހި ސިވިލް ސާވެންޓް އެސޯސިއޭޝަން
މިއަދު ކުރިޔަށް ގެންދިޔަ އިހުތިޖާޖާއި ގުޅިގެން ސަރުކާރުން ފިޔަވަޅެއް ނާޅާއިފިނަމަ މާދަމާއިން ފެށިގެން މަސައްކަތް ހުއްޓާލާނެކަމަށްބުނެ މީގެ ކުރިންވެސް ވަނީ ގޮވާލާފައެވެ. އެހެންނަމަވެސް މިކަންކަމަށް އަދިވެސް ވަނީ ހައްލެއް ނުލިބިފައެވެ. އިހުތިޖާޖުގައި ބައިވެރިވި ބައެއް ސިވިލް ސާވެންޓުން ބުނާގޮތުގައި މުވައްޒަފުންގެ ހައްޤު ހޯދައިދޭން ސިވިލް ސާރވިސް ކޮމިޝަނުން މަސައްކަތް ނުކުރާ ކަމަށާއި ސިވިލް ސާވެންޓުން ހިމޭން އިހުތިޖާޖެއް ކުރާކަން އެކޮމިޝަނުގެ ރައީސަށް އެގިވަޑައިގެންފައި ނުވާ ކަމަށެވެ.
މިމައްސަލައިގައި މިހާތަނަށް ކަމާބެހޭ އެއްވެސް މިނިސްޓްރީއަކުން އަދި ރައީސް އޮފީހުންވެސް ވަކި އެއްޗެއް ބަޔާންކޮށްފައިނުވެއެވެ.

