މާދަމާ ހެނދުނު ވަގުތުގަ މާލެ އާއި ހުޅުމާލޭގެ ސަރަހައްދުތަކުން ކަރަންޓް ކެޑިދާނެ ކަމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން ބުނެފިއެވެ.
ސްޓެލްކޯއިން ނެރުނ ނޯޓިހެއްގައި ބުނެފައިވަނީ ގްރޭޓަރ މާލެ އިންޓަރކަނެކްޝަން ގްރިޑް ނެޓުވޯކުގައި ކޮންމެހެން ކުރަންޖެހޭ މުހިންމު މަސައްކަތްތަކެއް ކުރަން ޖެހޭތީ، މާލެ އާއި ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓް ކަޑަން ނިންމާފައިވާ ކަމަށެވެ. އެގޮތުން ހެނދުނު 6:00 އާއި 7:00 އާ ދެމެދު ކަރަންޓު ކެނޑިދާނެ ކަމަށް ވެސް ވަނީ ބުނެފައެވެ.
ކަރަންޓް ކަނޑާލަން ޖެހުމުގެ ސަބަބުން ރައްޔިތުންނަށް ދިމާވެދާނެ ދަތިތަކަށް އެކުންފުނިން ވަނީ މާފަށް އެދިފައިކަމަށް ވެސް ބުނެފައި ވެއެވެ.

