އެކިއެކި ގޮތްގޮތަށް ހަލާލެއް ހަރާމެއް ބެލުމެއްނެތި ފައިސާ ހޯދާ މީހުން މިހާރަކަށް އައިސް ވަރަށް ގިނައެވެ. ފައިސާއަކީ ނުވަތަ އަގުކުރެވޭ ތަކެތި އޮޅުވާލާއިގެން ހޯދާމިހުން ގިނަވެފައިވާއިރު، ނަމަހަމަ ގޮތުގައި ނުވަތަ ނާޖާއިޒު ގޮތުގައި ކުރެވޭ މުއާމަލާތްތަކާއި، ނަހަމަ ގޮތުގައި ހޯދާ ފައިސާތަކުގެ ބޭނުން ކުރުމަކީ ކިހާބޮޑު ނުރަކެއްކަލެއްކަން އެފަދަ ފަރާތްތަކަށް ނޭގެނީބާއޭ ހިތައް އަރައެވެ.
ފައިސާ ހޯދުމުގެ ނަމުގަ ނުވަތަ އޮޅުވާލާ ރޭވުމެއްގެ ތެރޭން ޕްލޭނެއްކޮށްގެންވެސް މިހާރު މިހުން އަތުން ފައިސާ ހޯދާއުޅެއެވެ. ޚިޔާނާތްތެރިން މަސައްކަތް ކުރަނީ އަވަހަށް ތިބާގެ އިތުބާރު ހޯދުމަށެވެ. އެމީހުންގެ އަމާޒަކީ އެމީހުންގެ ބޭނުންވާ ބޭނުންތައް ފުދުމެވެ. އެކިއެކި ބޭނުންތަކަށް މި ނުރައްކާތެރި އަަަމަލު ހިންގާއިރު، ސްކޭމްމީ މިހާރު އެންމެ އާންމު އެއްކަމެވެ. ސްކޭމްތަކުގެ ވާހަކަތައް ދައްކާލާއިރު ފުރަތަމަވެސް ގަބޫލުކުރަން ޖެހޭ ހަގީގަތަކީ ސްކޭމެއް ކޮންމެ މީހަކުވެސް ހިންގާފާނެކަމެވެ. އެއީ އެންމެ އިތުބާރު ކުރެވޭ މަގާމުގަ ތިބޭ މީހުން ކަމަށްވި ނަމަވެސް މި އަމަލު ހިންގާތަން އެބަފެނެއެވެ.
ގާތްރަހުމަތްތެރިންގެ ސްކޭމްތަކާއެކު، އެތަބަޔަކު ތިބީ އެކުވެރިންގެ އިތުބާރުގެއްލި އަލުން ގުޅެންވެސް އުނދަގޫ ހާލަތަގައެވެ. މިއީ މިހާރު ޜާއްޖޭގަ އާންކަމަކަށްވާއިރު، މިއީ ވިސްނާ ފިކުރު ހިންގަންވީ ކަމެވެ. ފަހުންދޭ ގޮތަށް ފައިސާ އަތުލާފައި އެ ފައިސާ ދެއްނީކީވެސް ނޫނެވެ. އޮންނަ ގާތްގުޅުމެއްގެ ސަބަބުން ރަހުމަތްތެރިޔާ ފައިސާ އަށް ބޭނުންވާ ވަގުތު ފައިސާ ދެވެނީއެވެ.
ސްކޭމްގެ ވާހަކަ ދައްކާލީމާ ފުރަތަމަވެސް ހިތައް އަންނަނީ ރަށުން ބޭރުގައި ހުންނަ ނުވަތަ ލޮލުން ނުފެންނަ ސްކޭމަރެއްގެ މަތިންނެވެ. ނަމަވެސް “ފަތިސްތަރީ”ން މި ގެނެސްދެނީ އެއަށްވުރެމާ ނުރައްކާ ސްކޭމަރުންގެ ވާހަކަތަކަށެވެ.
ރަހުމަތްތެރިޔާ: ދީބަށް ދަރިފުޅުބަލިވެ 1500 ވަރަކަށް ރުފިޔާ
އަހަރެން: އާ ދެވިދާނެ އެކަމަކު މިވަގުތު އަތުގައި ހުރީ ތިވަރަށް، އެހެންވީމަ މަސްނިމޭތަނުން ދެވޭނެ ނަމަ ދީފާނަން
ރަހުމަތްތެރިޔާ: މައްސަލައެއް ނޯންނާނެ މަސް ނިންމާފަ ވަގުތުން ދޭނަން
އަހަރެން: އެހެން ވެއްޖިއްޔާ މިދެނީ، އަސްލުވެސް ދެއްޗޭ ނޫނީ އަހަރެނަށް ވަރަށް ދަތިވާނެ
ރަހުމަތްތެރިއާއަށް ފައިސާ މިދެނީ ވަކި ބޭނުމެއްގައެވެ. އޮންނަ ގާތްގުޅުމާއި ރަހުމަތްތެރިކަމުގެ ބޭނުމުގައެވެ. އޭނާގެ ބޭނުންތައް ފުއްދާށެވެ. ނަމަވެސް މަސްނިމެނިމި ފައިސާއަށް އެދުނީމަ އެކަންތައްތައް ނުފުދެއެވެ. އޭނާ އަތުގައި ހުންނަ ކަމަކަށް ނުވެއެވެ. ފައިސާ ހޯދަން ބޭނުންވެގެން އެދުނީމަ ކޮންމެވެސް ބަހަނާއެއް ދައްކައެވެ. އެންމެފަހުން ފައިސާ ދިންމީހާ ފައިސާ ލިބޭ ގޮތެއްނުވެ ސަލާންޖަހާ ހިސާބަށް ދެއެވެ.
އެއްފަހަރު ދެ ފަހަރު ތަކުރާރު ވާއިރުވެސް ޖެހެނީ އޭނާގެ ކައިރިން އާދޭސް ކުރަމުންދާށެވެ. އަބަދު އެކީގަ ދިމާވިޔަސް އަޅާނުލައެވެ. ފޮނިވާހަކަތައް ދައްކާ ކޮފީ ޓޭބަލްތައް ހޫނު ކުރަމުންދާއިރުވެސް އަޅާނުލައެވެ. އެންމެފަހުން ފައިސާ ދިންމީހާއަށް ވަނީ އޭނާގެ އަތުން ފައިސާ ހޯދަން ލަދުގަންނަ ކަމަށެވެ. މިއީވެސް ވަރަށް އާންމު ކަމެވެ. މިފަދަ މީހުން ހަމަ ލަދު ހަޔާތުގެ ކަންފުޅެއްވެސް ނެތީބާއޭވެސް ހިތައް އަރައެވެ.
މިފަދަ މީހުންނަށްވެސް ހަގީގަތުގައި ސްކޭމަރުންނޭ ބުނެވިދާނެއެވެ.

