މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް) ގެ މާފުށީ ޖަލުގެ 26 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ރރޭ އެ ޖަލުގައި ދިދަ ނެގުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.
އެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕްރިޒަންސް އުސްތާޛް އިބްރާހިމް މުޙައްމަދު ދީދީއެވެ. ޑެޕިއުޓީ ކޮމިޝަނަރގެ އިތުރުން މާފުށީ ޖަލުގެ ޑައިރެކްޓަރ، ޑެޕއުޓީ ސްޕްރިންޓެންޑެންޓް އޮފް ޕްރިޒަންސް ޢަބްދުކް ޣަނީ އާއި އެ ޖަލުގެ ކޮމިޝަންޑް އޮފިސަރުންނާއި މާފުށީ ޖަލުގެ ގިނަ ޢަދަދެއްގެ ސީނިއަރ އޮފިސަރުން ބައިވެރިވިއެވެ.
ކީރިތި ޤުރްއާނުގެ ބަރަކާތުން ފެށިގެންދިޔަ އެ ރަސްމިއްޔާތުގައި ދިދަ ނެގުމަށްފަހު ޕްރިޒަން އޮފިސަރުންގެ ޢަޒުމް ކިޔުން އޮތެވެ. އަދި އެ ރަސްމީއްޔާތު ނިމިގެންދިޔައީ ދުވަހުގެ ޚާއްސަ ކޭކު ފެޅުމުންނެވެ.

