ރަސްމީ ދަތުރުފުޅެެއްގައި ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަޙްމަދު ނާޒިމް އޮސްޓްރޭލިއާގެ ސިޑްނީއަށް ފުރާވަޑައިގެންފިއެވެ.
ނާޒިމް އޮސްޓްރޭލިއާގެ ސިޑްނީއަށް ފުރާވަޑައިގަތީ ރޭގެ ވަގުތެއްގައެވެ.
މަޖިލީހުގެ އިދާރާއިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ނާޒިމްގެ މި ދަތުރުފުޅަކީ 67 ވަނަ ކޮމަންވެލްތް ޕާލަމެންޓަރީ ކޮންފަރެންސްގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅެއް ކަމަށެވެ.
މި ދަތުރުފުޅުގައި ނާޒިމްގެ އަރިހުގައި މަޖިލީހުގެ ބައެއް މެންބަރުން ވެސް ބައިވެރިވެވަޑައިވަޑައިގަންނަވައެވެ.
67 ވަނަ ކޮމަންވެލްތް ޕާލަމެންޓަރީ ކޮންފަރެންސް ކުރިއަށްދާނީ ފަސް ދުވަހުގެ މުއްދަތަށެވެ. މި ކޮންފަރެންސްގައި 53 ގައުމަކުން 700 މަންދޫބުން ބައިވެރިވެވަޑައިވަޑައިގަންނަވާނެއެވެ.

