ސަރުކާރު ބަންދު ދުވަސްތައް ކަމުގައިވާ ނޮވެންބަރު 3 އަދި 10 ވަނަ ދުވަހު ދިވެހި ޕާސްޕޯޓުގެ ޚިދުމަތް ދިނުމަށް ހަމަޖެހިފައިވާ ގަޑިތައް އާންމުކޮށްފިއެވެ.
އިމިގްރޭޝަނުން އިއްޔެ ބުނީ މާދަމާއާއި މި މަހުގެ 10 ވަނަ ދުވަހު ޕާސްޕޯޓް ހެދުމަށްޓަކައި އިމުގާ ޕޯޓަލް މެދުވެރިކޮށް 24 ގަޑިއިރު ހުށަހެޅުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ. އަދި އެ އިދާރާއަށް ހާޒިރުވެ ޕާސްޕޯޓަށް އެދި އޮންލައިންކޮށް ހުށަހެޅުމުގެ (65 އަހަރުން މަތީގެ ފަރާތްތަކަށް އަދި އެމަރޖެންސީ ހާލަތްތަކުގައި) އިންތިޒާމު ހަމަޖެހިފައިވަނީ 8:30 އިން 14:00 އަށް ކަމަށެވެ.
އިމިގްރޭޝަނުން ބުނީ ޕާސްޕޯޓާއި ހަވާލުވުމާއި ނަންބަރު ދޫކުރުމުގެ އިންތިޒާމު ހަމަޖެހިފައިވަނީ 8:30 އިން 14:00 އަށް ކަމަށާއި، އެ ގަޑިތަކުގައި ކިއުބީ މެދުވެރިކޮށް ނުވަތަ އެ އިދާރާއަށް ހާޒިރުވެ ނަންބަރު ނެގޭނެ ކަމަށެވެ.
މެޑިކަލް އެމަރޖެންސީ ހާލަތްތަކުގައި ގުޅުއްވާނީ 9555333 އަށް ކަމަށް އިމިގްރޭޝަނުން ވަނީ ބުނެފައެވެ.

