މިދިޔަ އޮކްޓޫބަރު މަހުގައި ދިވެހި ފުލުހުންގެ ޚިދުމަތަށް ރިޕޯޓުކުރި މައްސަލަތަކުގެ ތެރެއިން އެންމެ ގިނައީ ވައްކަމާއި، ޓްރެފިކް އެކްސިޑެންޓުގެ މައްސަލަތައް ކަމަށް ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
ފުލުހުން އާންމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، މިިދިޔަ މަހު އެ މުއައްސަސާއަށް ވައްކަމުގެ 253 މައްސަލައާއި، ޓްރެފިކް އެކްސިޑެންޓްގެ 241 މައްސަލަ ރިޕޯޓުކޮށްފައިވެއެވެ.
ތިންވަނައަށް އެންމެ ގިނައިން ރިޕޯޓުކުރީ މަސްތުވާތަކެއްޗާ ގުޅޭ މައްސަލަތަކެވެ. އެ ބާވަތުގެ 118 މައްސަލަ ހުށަހަޅާފައިވެއެވެ.
މީގެއިތުރުން ހުށަހަޅާފައިވާ މައްސަލަތަކުގެ ތެރޭގައި ހިމެނެނީ އެއްޗެހި ގެއްލުމުގެ 68 މައްސަލައާއި، މުދަލަށް ގެއްލުންދިނުމުގެ 43 މައްސަލައާއި، އަނިޔާކުރުމުގެ 44 މައްސަލައާއި، މަކަރާއި ހީލަތް ހެދުމުގެ 36 މައްސަލައާއި، ފޭރުމުގެ 37 މައްސަލައާއި، ޖިންސީ ގޯނާގެ 18 މައްސަލައާއި، ފޯޖުކުރުމުގެ 17 މައްސަލައާއި ގެވެށި އަނިޔާގެ 11 މައްސަލައެވެ.

