އިސްލާމީ މަރުކަޒަށް 40 އަހަރު ފުރުން ފާހަގަކުރަން ތައްުާޔާރުވެއްޖެއެވެ.
އިސްލާމީ މަރުކަޒަށް 40 އަހަރު ފުރޭނީ ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހުއެވެ. މަރުކަޒަށް 40 އަހަރު ފުރުން ފާހަގަކުރުމަށް އެކި ކަންކަން އަންނަނީ ރާވަމުންނެވެ.
އިސްލާމީ މަރުކަޒަށް 40 އަހަރު ފުރޭ މުނާސަބަތާއި ގުޅިގެން، އިސްލާމީ މަރުކަޒު ސާފުކޮށް ރީތިކުރުމުގެ މަސައްކަތް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ މުވައްޒަފުން ކުރިއަށް ގެންގޮސްފަވެއެވެ.
މިއަދު ހެނދުނު ފެށިގެން ވުޒާރާގެ އިސްވެރިންނާއި، މުވައްޒަފުން ވަނީ އިސްލާމީ މަރުކަޒުގައި ކުލަ ލުމުގެ މަސައްކަތާއި، ގަސްބުރުތައް ސާފުކޮށް ރީތިކުރުމުގެ މަސައްކަތާއި، މުންނާރު ސާފުކުރުމާއި ކުނި އުކާލުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފައެވެ.
މިގޮތުން މަރުކަޒުގެ ބަގީޗާތައް ރީތިކުރުމަށް ވުޒާރާގެ މުވައްޒަފުން ގަސް ހޯދާފައިވާކަން ފާހަގަކޮށްލެވެއެވެ. މީގެ އިތުރުން ހެޔޮ އެދޭ އެކި ފަރާތްތަކުންވެސް ވަނީ މި މަސައްކަތަށް އެހީތެރިކަން ފޯރުކޮށްދެއްވާފައެވެ.
މި މަސައްކަތްތަކުގައި ވުޒާރާގެ ގިނަ އަދަދެއްގެ މުވައްޒަފުން ވަނީ ބައިވެރިވެލައްވާފައެވެ.

