މިއަދު ފާހަގަކުރަމުންދާ މިއަހަރުގެ ނަސްރުގެ ދުވަސް ފާހަގަކުރުމުގެ ހަރަކާތްތައް، ސިފައިން އެއް ޖަމާއަތެއްގައި ކުރި
ފަތިސް ނަމާދުން ފަށައިފިއެވެ.
އިސްލާމީ މަރުކަޒުގައި ޖަމާއަތުގައި ކުރެވުނު ފަތިސް ނަމާދުގައި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާއި، ނައިބު ރައީސް ޙުސައިން މުޙައްމަދު ލަޠީފާއި، ދައުލަތުގެ ވަޒީރުން ބައިވެރިވެވަޑައިގެންނެވިއެވެ.
މީގެއިތުރުން ގިނަ އަދަދެއްގެ ސިފައިންނާއި، އާންމުން ވެސް ފަތިސް ނަމާދުގެ ޖަމާއަތުގައި ބައިވެރިވިއެވެ.
ފަތިސް ނަމާދަށްފަހު ނަސްރުގެ ދުވަހާ ގުޅޭ ޚާއްސަ ދުއާއެއް ކުރުން އޮތެވެ.
މިއަހަރުގެ ނަސްރުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން އެމްއެންޑީއެފްއިން ވަނީ ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދަން ނިންމާފައެވެ.

