މިއަދު ފާހަގަކުރަމުންދާ މި އަހަރުގެ ނަސްރުގެ ދުވަހާ ގުޅިގެން މިލިޓަރީ ޑިސްޕްލޭއެއް ބާއްވަން ނިންމާފައިވާ ކަމަށް އެމްއެންޑީއެފްއިން ބުނެފިއެވެ.
އެމްއެންޑީއެފްއިން ބުނީ މިލިޓަރީ ޑިސްޕްލޭ ކުރިއަށްދާނީ މިއަދު ހަވީރު 16:15 ގައި ޖުމްހޫރީ މައިދާނުގައި ކަމަށެވެ.
މި މިލިޓަރީ ޑިސްޕްލޭގައި އެމްއެންޑީއެފްގެ އުޅަނދުތަކާއި ހަތިޔާރުތައް ދައްކައިލާނެއެވެ.
އެމްއެންޑީއެފްއިން ނަސްރުގެ ދުވަހުގެ ހަރަކާތްތައް ފެށީ މިއަދު އިސްލާމީ މަރުކަޒުގައި ގިނަ އަދަދެއްގެ ސިފައިން ބައިވެރިވެގެން ޖަމާއަތުގައި ކުރި ފަތިސް ނަމާދުންނެވެ.
އެއަށްފަހު ތިނެއް ނޮވެންބަރުގެ ހަނދާނީ ބިނާގައި ދިދަ ޖެހުމާއި، ގާޑް މައުންޓް ކުރުމުގެ ރަސްމިއްޔާތު ވަނީ ބާއްވާފައެވެ.
ހެނދުނުގެ އެންމެ ފަހު ހަރަކާތެއްގެ ގޮތުގައި އޮތީ “ނަސްރު ދުވަހުގެ ސިފައިންގެ މައުރަޒު” ހުޅުވުމެވެ.

