އޮޅުހިޔާގެ މަސައްކަތް ރަނގަޅަށް ހިނގަން ފެށުމުން ބުޅާ އެޑޮޕްޓް ކުރަން ފުރުސަތު ހުޅުވާލާނެ: ވަޒީރު ޑރ. ރަމީލާ
ބުޅާތަކަށް ދާއިމީ އިމާރާތް އެޅުމަށް ފިނޭންސް މިނިސްޓްރީން ހުއްދަ ދީފައިވާ ކަމަށާއި، އަންނަ އަހަރު އިމާރާތް ޑިޒައިން ކުރެވޭނެ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ. ދާއިމީ އިމާރާތް އަޅާނީ 4 ފަންގިފިލާއަށް ކަމަށްވެސް ވަޒީރު ހާމަކުރެއްވިއެވެ.
މި ފެސިލިޓީގައި ބުޅަލުގެ ގްރޫމިންގއަށް ސެލޫނެއް ހިމެނޭނެ ކަމަށާއި، ބުޅާ ގެންގުޅޭ ފަރާތްތަކުން ދަތުރު ދާނަމަ އެނބުރި އަންނަންދެން ފެސިލިޓީއަށް ލުމުން ބަލަހައްޓައިދިނުމުގެ ޚިދުމަތްވެސް ދޭނެ ކަމަށް ވަޒީރު ޑރ. އައިޝަތު ރަމީލާ ވިދާޅުވިއެވެ.

ވަޒީރު އިތުރަށް ވިދާޅުވިގޮތުގައި ރާއްޖޭގައި މިވަގުތު ހުރީ ވެޓްގެ ގޮތުގައި ތަމްރީނުވެފައިވާ އެންމެ ދިވެއްސެއް ކަމަށްވީ ނަމަވެސް މި ދާއިރާއިން އިތުރު ދިވެހިން ކިޔަވަން ދާކަން ވަޒީރު ފާހަގަކުރެއްވިއެވެ. އަދި މުސްތަގުބަލުގައި މި ފެސިލިޓީގައި މަސައްކަތް ކުރާނީ މުޅިންވެސް ދިވެހިން ކަމަށް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ޑރ. ރަމީލާ ވިދާޅުވީ ޕެޓް ކެއަރ ފެސިލިޓީ ގާއިމު ކުރީ ހަމައެކަނި ބުޅާތަކަށް ރައްކާތެރި މާހައުލެއް ހޯދާދިނުމުގެ ބޭނުމުގައި ނޫން ކަަމަށެވެ. ބުޅަލުގެ ސަބަބުން އިންސާނުންނަށް ޖެހޭ ބަލިތަކުން ސަލާމަތް ކުރުމާއި އާންމުންނަށް ދިމާވާ ދަތިތައް ހައްލު ކުރުމަކީ ވެސް މިފެސިލިޓީ ގާއިމު ކުރުމުގެ ބޭނުމެއް ކަމަށެވެ. އަދި މި ޕްލޭނާ އެއްގޮތަށް މަސައްކަތްތައް ދާނަމަ ކުރިއަށް އޮތް މަސްތަކުގައި މިކަމުގެ އެދެވޭ ނަތީޖާ ފެންނާނެ ކަމަށް ވެސް ވިދާޅުވިއެވެ.

ޓެގް

ވަޒީރު ޑރ ރަމީލާޕެޓް ކެއާ ޝެލްޓަރ އޮޅުހިޔާ