މިއަދު ހަވީރު، ނަސްރުގެ ދުވަހުގެ މުނާސަބަތުގައި ހައިރާން ކުރުވާހާ މޮޅަށް، ހަތިޔާރާއި ގޮވާ ތަކެއްޗާއެކު ދިވެހި ސިފައިން ދެއްކި ނިރުބަވެރި ހަމަލާއެއް ރޫޅާލާ އޮޕަރޭޝަން ކުރިއަށް ގެންދިއުމުގައި ފެނިގެން ދިޔަ ދިވެހި ސިފައިންގެ އަސްކަރީ ގާބިލު ކަމަށް ތައުރީފު އޮހެން ފަށައިފިއެވެ.
ޖުމްހޫރީ މައިދާނުގައި ބޭއްވުނު މި ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ ޑރ. މުހައްމަދު މުއިއްޒެވެ. މި ހަރަކާތުގައި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އިބްރާހިމް ހިލްމީއާއި ދިފާއީ ވަޒީރު އައްސާން މައުމޫނުގެ އިތުރުން ވަޒީރުންނާއި ދައުލަތުގެ އިސްވެރިންނާއި ގިނަ އަދަދެއްގެ ޢާންމު ރައްޔިތުން ބައިވެރިވެވަޑައިގެންނެވިއެވެ.

މިއަދު ގެނެސްދިން ސިފައިންގެ އަސްކަރީ ހަރަކާތުގެ ތެރެއިން
ސިފައިންގެ އަސްކަރީ ހުށަހެޅުމުގައި ވަނީ ގައުމުގެ ދިފާއުގައި ދިވެހި ސިފައިންގެ ޚިދުމަތުގައި ޤާއިމުކޮށްފައިވާ އެކި ވިންގުތަކުގެ އޮޕަރޭޝަންތައް ދައްކާލާފައެވެ. މީގެ ތެރޭގައި ކޯސްޓް ގާޑް، މެރިން ކޯޕްސް، އެއަރ ކޯޕްސް، ޑިފެންސް އިންޓެލިޖެންސް ސަރވިސް އަދި ސްޕެޝަލް ފޯސަސްގެ ދައުރު ހިމެނެއެވެ. އޮޕަރޭޝަންގެ ރޭވުންތެރިކަމާއި އެކަމުގައި ބޭނުންކުރާ އުކުޅުތަކާއި ސިފައިންގެ ވަސީލަތްތައް ބޭނުންކުރާނެ ގޮތްތައް ދައްކާލިއެވެ.
ކޮންމެ އަހަރެއްގެވެސް ނަސްރުގެ ދުވަސް ފާހަގަކުރުމަށް ތަފާތު ޙަރަކާތްތަކެއް ކުރިއަތް ގެންދެއެވެ. އެހެންނަމަވެސް މި އަހަރަކީ މި ފަހުގެ އަހަރުތަކުގައި ނަސްރުގެ ދުވަސް މިހާ ކުލަގަދަކޮށް ފާހަގަކުރި ފުރަތަމަ ފަހަރެއެވެ. "ދިވެހި ސިފައިންގެ އަސްކަރީ ހުށަހެޅުން" ނަމުގައި ކުރިއަތް ގެންދިޔަ ހަރަކާތައް އާންމުންގެ ބޮޑު ތަރުހީބެއް ވަނީ ލިބިފައިއެވެ.

މިއަދުގެ ސިފައިންގެ އަސްކަރީ ހަރަކާތުގެ ތެރެއިން
"ދިވެހި ސިފައިންގެ އަސްކަރީ ހުށަހެޅުން" ނަމުގައި ކުރިއަަށްދިޔަ ސިފައިންގެ އަސްކަރީ ހުށައެޅުމުގައި ވަނީ ޤައުމުގެ ދިފާޢުގައި ދިވެހި ސިފައިންގެ ޚިދުމަތުގައި ޤާއިމުކޮށްފައިވާ އެކި ވިންގުތަކުގެ އޮޕަރޭޝަންތައް ދައްކާލާފައެވެ. ރެކޯޑްކޮށްފައިވާ މައްޒަރުތައް އަދި ޖުމްހޫރީމައިދާނުގައި ވަގުތުން ގެނެސްދިން މަންޒަރުތަކުގައި ވަނީ، ނިރުބަވެރި ޙާމަލާއެއް ދިވެހި ސިފައިންގެ ޚިދުމަތުުން ރޫޅާލުމުގެ އޮޕަރޭޝަނެއް ރާވާ ކުރިއަށްގެންދާނެ ގޮތް ގެނެސްދީފައެވެ.
މި ޙަރަކާތް ބަލާލުމަށް ޖުމްހޫރީ މައިދާނަށް ދިޔަ މީހުންގެ ތެރޭގައި ކުޑަކުދިން ހިމެނެހެން އެކި އުމުރުފުރާ ތަކުގެ މީހުން ހިމެނެއެވެ.
މި މަންޒަރުތައް އެމްއެންޑީއެފުން ދައްކަމުންދިޔަ ވަގުތު އެތަނަށް އެއްވި މީހުންގެ މޫނުމަތިން މޮޅިވެރިކަމާއި ހިތާމަވެރިކަން ފެނިގެންދިޔައެވެ. އެހެންނަމަވެސް ފަހުވަގުތު ދިވެހި ސިފައިންގެ ޤާބިލުކަން ފެނިގެންދިއުމުން އުފާވެރިކަމާއި ހިނިތުންވުން ގެނުވިއެވެ.

މިއަދު ގެނެސްދިން ސިފައިންގެ ހަރަކާތުގެ ތެރެއިން
މި ހަރަކާތަކީ ދިވެހި ސިފައިންގެ އަސްކަރީ ޤާބިލުކަމާއި ތައްޔާރީ ހާލަތު ދިވެހި ރައްޔިތުންނަށް ދައްކާލުމުގެ މުހިންމު ފުރުޞަތެއް ކަމުގައި ސިފައިންގެ އިސް އޮފިސަރެއް ވިދާޅުވިއެވެ. އަދި މިފަދަ ހަރަކާތްތަކުން ޤައުމީ ސަލާމަތާއި ރައްކާތެރިކަމަށް ކުރާ މަސައްކަތްތަކާ މެދު ރައްޔިތުންގެ އިތުބާރު އިތުރުވެގެންދާނެ ކަމަށް އެ އޮފިސަރު ފާހަގަކުރެއްވިއެވެ.
މި ހަރަކާތް ބެލުމަށް ހާޒިރުވި ގިނަ އަދަދެއްގެ ރައްޔިތުން ވަނީ ސިފައިންގެ ފުރިހަމަ ހަރަކާތްތަކަށް ތައުރީފު ކޮށްފައެވެ. ފުރާވަރުގެ އުމުރުގެ ކުއްޖަކު މި ހަރަކާތް ސިފަކުރީ "މިހާތަނަށް ފެނުނު އެންމެ ފުރިހަމަ ސިފައިންގެ ހަރަކާތް" ކަމުގައެވެ. ދެވަނަ ފުރައިގެ އަންހެނަކު ވިދާޅުވީ މިއީ "ތަލިން ކުޅު ހިއްކާލައި ތުބަށް އިނގިލި އަރާ ވަރު" ކޮށްފައިވާ ހަރަކާތެއް ކަމަށެވެ.
ޒުވާން ދެމަފިރިއަކު ފާހަގަކުރެއްވި ގޮތުގައި މި ހަރަކާތަކީ ވަރަށް ފުރިހަމަ، ރޭވުންތެރިކަމާއެކު ގެނެސްދީފައިވާ އިވެންޓެކެވެ. އޭރުގެ މަންޒަރުތައް ސިފަކޮށްދިނުމާއި ހަތިޔާރާއި ގޮވާތަކެތި ބޭނުންކުރި އުކުޅުތައް ދައްކާލުމުގައި ވަރަށް ކާމިޔާބު ކަމަށް އެ ދެމަފިރިން ފާހަގަކުރެއްވިއެވެ.
ހަރަކާތް ބަލާލަން ގިނަ އަދަދެއްގެ ދިވެހި ކުދި ބޮޑު ދެޖިންސުގެ ކުދިބޮޑު އެތައް ބަޔަކު ގޮސްފައިވާއިރު މައިދާނުން ފެނިގެންދިޔަ ސިފައިންގެ ފުރިހަމަ ހަރަކާތްތަކަށް ތައުރީފު އޮހިގެންދިޔައީ ހަގީގަތުގައި ހައްގު ތައުރީފެއް ކަމަށް ބުނަމުންނެވެ. ހުދު އަޅުގަނޑުވެސް މި އިވެންޓަށް ގޮސް ހުރުމުން އާންމުން ދެކޭ ގޮތާމެދު ސުވާލު ކޮށްލުމުން ލިބުނީ ހީކުރި ވަރަށް ވުރެ އުފާވެރި ޖަވާބުތަކެކެވެ.

މިއަދުގެނެސްދިން ސިފައިންގެ އަސްކަރީ ހަރަކާތުގެ ތެރެއިން
"މިހާތަނަށް ފެނުނު އެންމެ ފުރިހަމަ ސިފައިންގެ ހަރަކާތް،" މިއީ ފުރާވަރުގެ އުމުރުގެ ކުއްޖަކުގެ ބަހެވެ.
"އެހެން އަހަރުތަކުގައިވެސް ސިފައިންގެ އެކި ހަރަކާތް އޮވޭ، އެކަމަކު މިފަހަރުގެ މި އިވެންޓް ހަމަ ތަލިން ކުޅު ހިއްކާލައި ތުބަށް އިނގިލި އަރާ ވަރުކޮށްފިއޭ ބުނެވޭނީ،" މިއީ ދެވަނަ ފުރައިގެ އަންހެނެއްގެ ދުލުން މިއަދު ހަވީރުގެ ހަރަކާތާމެދު ބުނެލި ބަސްތަކެވެ.
"މައި ކިޑްސް ދެއި ޑޯންޓް ލައިކް މަޗް އައިޓަމްސް ލައިކް ދިސް، ބަޓް ޓުޑޭ އައި ކޭން ސެއި އިޓް ރިއަލީ ރޮކްޑް އިނގޭ، ކުދިން ތިބީ ވަރަށް ސެޓިސްފައި ވެފައި، އެންޑް ސޯ އަހަރެމެން ދެމީހުންވެސް، ވަގުތު ހުސްކޮށްގެން އައިއިރު އައީ ކަމުނުދާނެ ކަމަށް އަބަދު ފެންނަ މަންޒަރޭ ފެންނާނީ ކިޔާ ޒުވާބު ކޮށްފައި، އެކަމަކު އާދެވުނީތި ހަމަ ގްރޭޓްފުލް އިނގޭ. އެހާވެސް ފުރިހަމަ، ރޭވުންތެރިކަމާއި ގެނެސްދިނުން، އޭރުގެ މަންޒަރުތައް ސިފަކޮށްދިނުމާއި އެ ހަތިޔާރު ގޮވާތަކެތި ބޭނުން ކުރި އުކުޅުތައް، އަދިވެސް މިފަދަ އިވެންޓުތައް ލައިވް ކޮށް ބާއްވާނެނަމަ،" މިއީވެސް ޒުވާން ދެމަފިރިއެއްގެ ތައުރީފެވެ.
ހަމައެކަނި ތަނަށް ހާޒިރުވެ ތިބި މީހުންނެއް ނޫނެވެ. އެވަގުތު އޮންލައިންކޮށް މި ހަރަކާތްތައް ޓީވީ މެދުވެރިކޮށް ފޭސްބުކުން ބަލަމުން ދިޔަ މީހުން އެވަގުތު ކޮމެންޓު ސެކްޝަނުގައި ލިޔަމުން ދިޔަ ބަސްތަކުންވެސް ދިވެހިން ސިފައިންގެ މިއަދުގެ އަސްކަރީ ހަރަކާތް ވަރަށް ބޮޑަށްވެސް ކާމިޔާބުވެއްޖެކަން ޔަގީންވިއެެވެ.

މިއަދު ގެނެސްދިން ސިފައިންގެ އަސްކަރީ ހަރަކާތުގެ ތެރެއިން
"އަހަރެން މިއައީ ދަރިފުޅު ގޮވައިގެން. ކުޑައިރުއްސުރެ ސިފައިންނަށް ލޯބިކުރާ ކުއްޖެއް. މިއަދުގެ މި ހަރަކާތުން އޭނާގެ ހިތުގައި ސިފައިންނަށް އޮތް ލޯބި އިތުރަށް ބޮޑުވެގެންދާނެ ކަމަށް ޔަގީން. ވަރަށް ފުރިހަމަ، ވަރަށް ޕްރޮފެޝަނަލް މަސައްކަތެއް ފެނިގެންދިޔަ،" ދަރިފުޅުގެ އަތުގައި ހިފައިގެން ހުރި 40 ވަރަކަށް އަހަރުގެ ބައްޕައެއްގެ ޖަވާބެވެ. އެ ބައްޕަގެ ބަސް ތެދުކަން ހާމަވީ ކުއްޖާ ލައިގެން ހުރި ކެމޮފްލާޖު ހެދުމުންނެވެ.
"މިއީ ހަމަ ވަރަށް ފުރިހަމަ އިވެންޓެއް. އަހަރެމެންނަށް ސިފައިންގެ ޤާބިލުކަން ވަރަށް ރަނގަޅަށް ދައްކާލައިފި. ޚާއްޞަކޮށް ޓެރަރިޒަމް ހަމަލާއެއް ރޫޅާލުމުގެ އޮޕަރޭޝަން ދެއްކި ގޮތް ވަރަށް ރިއަލިސްޓިކް. މިކަހަލަ ކަންކަން ދައްކާލުމުން ރައްޔިތުންގެ އިތުބާރު އިތުރުވެގެންދާނެ،" މިއީ ފޭސްބުކްގައި މީހަކު ކޮށްފައިވާ ކޮމެންޓެކެވެ.
ޖުމްހޫރީމައިދާން ފުރިފައި އޮތުމަކީ މިފަދަ ކަންކަމަށް ދިވެހިންގެ ޝައުގާއި ލޯބި ގައިުމިއްޔަތުކަން ހުރިމިންވަރު ހާމަވާ ކަމެއްކަން ޔަގީނެވެ. އެކަން ތިރީގައިމިވާ ތަސްވީރުންވެސް ހާމަވެގެންދާނެއެވެ.

މިއަދުގެ އަސްކަރީ ހަރަކާތް ބަލަން އެއްވެ ތިބި މީހުން

. ހަރަކާތް ކުރިއަށް ދިޔައިރު އެފްބީގައިކޮށްފައިވާ ކޮމެންޓެއް

ހަރަކާތް ކުރިއަށް ދިޔައިރު އެފްބީގައިކޮށްފައިވާ ކޮމެންޓެއް
މި ހުރިހާ ބަސްތަކުންވެސް ހާމަވަނީ މިއަދުގެ ސިފައިންގެ އަސްކަރީ ހަރަކާތަކީ ރައްޔިތުންގެ މެދުގައި ވަރަށް މަޤުބޫލުވެ، ތައުރީފު ލިބުނު ހަރަކާތެއްކަމެވެ. ސިފައިންގެ ޤާބިލުކަމާއި ތައްޔާރީ ހާލަތު ދެއްކުމުގައި މި ހަރަކާތް ވަރަށް ބޮޑަށް ކާމިޔާބުވެފައިވާ ކަމަށް ބެލެވެއެވެ.
ޚާއްޞަކޮށް ފާހަގަކޮށްލެވުނު ކަންތައްތަކުގެ ތެރޭގައި ހަރަކާތުގެ ރޭވުންތެރިކަމާއި، ހަތިޔާރާއި ގޮވާތަކެތި ބޭނުންކުރި އުކުޅުތައް، އަދި ނިރުބަވެރި ހަމަލާއެއް ރޫޅާލުމުގެ އޮޕަރޭޝަން ސިމިއުލޭޓްކޮށް ދެއްކި ގޮތް ހިމެނެއެވެ. މި ކަންކަމުން ސިފައިންގެ ޕްރޮފެޝަނަލިޒަމާއި ތަމްރީނުގެ ފެންވަރު ހާމަވެގެން ދިޔަކަން ގިނަ ބަޔަކު ފާހަގަކޮށްފައިވެއެވެ.
އަދި މި ހަރަކާތުން ކުޑަކުދިންނާއި ޒުވާނުންގެ މެދުގައި ސިފައިންގެ ޚިދުމަތާ މެދު ޝައުޤުވެރިކަން އުފެދި، ބައެއް ކުދިން މުސްތަޤުބަލުގައި ސިފައިންގެ ޚިދުމަތާ ގުޅުމަށް ޝައުޤުވެރިވެފައިވާކަން ފާހަގަކުރެވުނެވެ. މިއީ ޤައުމީ ދިފާއަށް ދިގު މުއްދަތަކަށް ފައިދާކުރާނެ ކަމެއްގެ ގޮތުގައި ބެލެވެއެވެ.
މި ހަރަކާތަކީ ދިވެހި ސިފައިންގެ ޚިދުމަތުގެ ފަޚުރުވެރި ތާރީޚުގައި ފާހަގަކޮށްލެވޭ ވަރުގެ ކާމިޔާބު ހަރަކާތެއް ކަމުގައި ދެންނެވިދާނެއެވެ. ރައްޔިތުންގެ ހިތްތަކުގައި ސިފައިންގެ ޚިދުމަތާ މެދު އޮތް އިތުބާރާއި ލޯބި އިތުރުވެ، ޤައުމީ ސަލާމަތާއި ރައްކާތެރިކަމަށް ކުރާ މަސައްކަތްތަކަށް ބާރު ލިބިގެންދާނެ ކަމަށް އުއްމީދު ކުރެވެއެވެ. މިފަދަ ހަރަކާތްތައް މުސްތަޤުބަލުގައިވެސް ބޭއްވުމަކީ ރައްޔިތުންގެ އެދުމެއް ކަމުގައި ފާހަގަކުރެވުނެވެ.

