ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން ކޮންމެ ދުވަހެއް ވެސް ހޭދަ ކުރައްވަނީ ގައުމުގެ މިނިވަންކަން ހިމާޔަތްކުރުމަށްޓަކައި މަސަައްކަތްޕުޅު ކުރެއްވުމުގައި ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިރޭ ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިރޭ ބާއްވަމުންދާ މިއަހަރުގެ ނަސްރުގެ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މީގެ އަހަރެއްހާ ދުވަސް ކުރިން ރައްޔިތުން އަޅުގަނޑާ ހަވާލުކުރި ޒިންމާއާ ހަވާލުވި ދުވަހު ދެންނެވިން ގައުމުގެ މިނިވަންކަން ހިމާޔަތްކުރުމަކީ އަޅުގަނޑަށް ލިބޭނެ އެންމެ ބޮޑު ފަޚުރޭ. އަދި ޒިންމާއޭ. އިރާދަކުރެއްވީތީ މިއަދާ ހަމައަށް އައިއިރުގަ އަޅުގަނޑު އެ ދުވަހު އެ ދެންނެވި ގޮތަށް ކޮންމެ ދުވަހެއް ވެސް ހޭދަ މިކުރަނީ ގައުމުގެ މިނިވަންކަން ހިމާޔަތްކުރުމަށްޓަކައި.
ރައީސް ވިދާޅުވީ މަސައްކަތްޕުޅު ކުރައްވަނީ ގައުމުގެ އަސްކަރީ ބާރު ވަރުގަދަކޮށް ކުރިއަށް އޮތް ދުވަސްތަކަށް ފޯރުކޮށްދިނުމަށްޓަކައި ކަމަށެވެ.
އެގޮތުން މިދިޔަ އަހަރެއްހައި ދުވަހު ގިނަ މަަސައްކަތްތަކެއް ކުރެވިފައިވާކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ
އޭގެތެރޭގައި އެއާ ކޯ ގާއިމުކުރެވުނު ކަމަށާއި، އެންމެ ޒަމާނީ ޓެކްނޮލޮޖީ ހިމެނޭ ޔޫއޭވީ ޑްރޯންތައް ގެނެވުނު ކަމަށެވެ.
ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހުރި ސިފައިންގެ މަރުކަޒުތައް
ހުރީ ފަހަކަށް އައިސް އަމުދުން މިދިޔަ ދެތިން ހަތަރު އަހަރުގައި ނުބެލެހެއްޓުމުގެ ސަބަބުން ވަރަށް ބޮޑަށް ވީރާނާވާން ފަށާފައި
ކަމަށާއި އެ ތަންތަން މިއަންނަ އަހަރު ހެދިގެންދާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

