1988 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 3 ވަނަ ދުވަހު އަބްދުالله ލުތުފީ އިސްވެ ހުންނަވައިގެން ސްރީލަންކާގެ ޕީޕަލްސް ލިބަރޭޝަން އޯގަނައިޒޭޝަން އޮފް ޓެމިލް އީލާމް (ޕްލޮޓް) ގެ ހަތިޔާރު އެޅި ކުލީ ސިފައިންގެ އެހީތެރިކަމާއެކު ރާއްޖޭގެ އޭރުގެ ވެރިކަން ވައްޓާލަންކުރި މަސައްކަތަކީ ދިވެހިންގެ މިނިވަންކަމާއި ދިވެހިންގެ އިސްތިގްލާލް ނަގާލުމަށް ރޭވި ރޭވުމެކެވެ.
ފަތިހެއްގެ ހަމަހިމޭންކަން ނަގާލާ ސިފައިންގެ ބޭކަލުންނާއެކު 19 ދިވެހިން ޝަހީދު ކޮށްލީ އެއްވެސް ރަހުމެއްނެތިއެވެ. އަވައްޓެރި އިންޑިއާގެ އެހީތެރިކަމާއެކު ކުރެވުނު މަސައްކަތުގެ ނަތީޖާއަކަށްވީ ފިލަންއުޅު ފިޑިންނަކަށް އެފުރުސަތު ނުލިބުމެވެ. ކަނޑުމަތިން އަތުލާއިގަނެވި ދިވެހިންގެ ބާރުގެ ދަށަށް ގެނެވުނީއެވެ.
އެ ތަމަޅައިންނަށް ދިވެހިސަރުކާރުން ހައްގު އަދަބުދިނެވެ. އަދި ހުކުމް ކުރުމަށްފަހު ރާއްޖޭގެ ރަށްތަކަށް އަރުވާލިއެވެ.




މިމީހުން އަތުލައިގަތުމަށްފަހު ތިރަށަށް ގެންދެވެމުންދެން ކަންތައްވީގޮތާއި އެމީހުންގެ މިޒާޖާއި އެމީހުން ކުރިކަންތައްތަކާއިއެކު ނިކަން ކޮމެންޓް ސެކްޝަނުން ހިމަނާލަދެއްވުންއެދެެވެ.
ބައެއްމީހުންގެ ފަރާތުން އެނގިފައިވާ ގޮތުގައި މިމީހުން އަރުވާލި ރަށްތަކުގައި އެމީހުންނަށް ކޮށްފައިވާ ހުކުމް ނިމެންދެން ތިއްބެއެވެ. އަދި އަނެއްބަޔަކުން ބަލިވެ ފަރުވާއަށް މާލެ ގެނައިގޮތަށް ހަބަރެއްނުވެއެވެ. މައުލުމާތު ލިބޭ ގޮތުގައި މިގޮތަށް މާލެ ގެނުވުނު މީހުންވަނީ އަބުރާވަނީ ސްރީލަންކާއަށް ފޮނުވާލާފައެވެ.
އަސްލުމިއީ ދިވެހިންނާއި ތޮޅެން ނުވަތަ ދިވެހި ސަރުކާރު ވައްޓާލަން ގަސްތު ކުރިޓީމެއްނޫނެނެވެ. އަސްލު ދިވެހިންނާއި ތޮޅެން މަސައްކަތް ކުރީ އަޑީގަތިބި ދިވެހި ޣައްދާރުންނެވެ. އެއީ ހާޖަރާގޭ ލުތުވީއާއި، ސަގަރަ އަހުަމަދު ނާސިރާއި، އަބްދުﷲ ޝާހިދާއި، ކަރޯ އައްބާސް އިބްރާހީމްއާއި، މުހައްމަދު ނައީމް ( ޕައިލޮޓް) ނައީމާއި ސިއްކައަހުމަދު އިސްމާއިލް މަނިކާއި، އުމަރު ޖަމާލެވެ.

