ގއ.ގެމަނަފުށީ އެސްޓީއޯ ބޭސް ފިހާރައަށް ބޭސް ގަންނަން ދިޔަ ފިރިހެނަކު، އެ ތަނުގައި ޑިއުޓީގައި އިން ފާމަސިސްޓް އަންހެންކުއްޖަކަށް ބިރުދެއްކި މައްސަލައެއް ބަލަން ފަށައިފިއެވެ.
ފުލުހުން މިއަދު ބުނީ ގެމަނަފުށީ ބޭސް ފިހާރައިން ބޭހެއް ނުލިބިގެން ހިތްހަމަނުޖެހުން ފާޅުކުރި މައްސަލައެއް ރޭގެވަގުތެއްގައި ރިޕޯޓުކޮށްފައިވާ ކަމަށެވެ.
މިކަމާ ގުޅިގެން ބޭސް ފިހާރައިގައި އިން މީހާ ބިރުގަތުމުގެ ސަބަބުން ސިއްހީ މަރުކަޒުގައި ފަރުވާދީފައިވާ ކަމަށާއި، ރޭގެ ވަގުތެއްގައި އެ މީހާ ދޫކޮށްލާފައިވާ ކަމަށް ފުލުހުން ބުންޏެވެ
ފުލުހުން ބުނީ މި މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.

