މާލޭގެ މަޖީދީ މަގުގައި ހުންނަ ޒިއޯން މޯބައިލްސް ފަޅާލައި، ވައްކަންކުރި މައްސަލާގައި މީހަކު ހައްޔަރުކޮށްފިއެވެ.
‘ޒިއޯން މޯބައިލްސް 4’ ނަމަކަށް ކިޔާ ފިހާރައިގެ ބިއްލޫރިގަނޑު ތަޅާލައި، އެ ފިހާރައިން ވައްކަން ކުރި މައްސަލައެއް ފުލުހުންނަށް ރިޕޯޓުކުރީ މިއަދު ފަތިހު 5:35 ހާއިރުއެވެ.
ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން 47 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.
ފުލުހުން އަންނަނީ މި މައްސަލަ ތަހުގީގުކުރަމުންނެވެ.

