ހދ.ކުރިނބީ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ 2 މެންބަރަކު އިންތިޚާބުކުރުމަށް ބާއްވާ ބައި-އިލެކްޝަނުގައި ވާދަކުރާ ކެންޑިޑޭޓުންގެ ނަންތައް ތަރުތީބު ކުރުމަށްފަހު، އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު އިއުލާނުކޮށްފިއެވެ.
އަންނަ ޑިސެންބަރު 14 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މި ބައި-އިލެކްޝަންގައި ވާދަކުރަނީ ސަރުކާރު ހިންގާ މައި ޕާޓީ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ 3 ކެންޑިޑޭޓުންނާއި، ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ 3 ކެންޑިޑޭޓުންނެވެ.
ކުރިމަތިލި 6 ކެންޑިޑޭޓުން:
- ކެންޑިޑޭޓު ނަންބަރު 1 : ފާޠިމަތު ނާފިޡާ އިސްމާޢީލް، ވީނަސް / ހދ. ކުރިނބި، ޕީޕަލްސް ނޭޝަނަލް ކޮންގްރެސް
- ކެންޑިޑޭޓު ނަންބަރު 2 : ފާޠިމަތު ޝައިނާ، ހަވާސާ / ހދ. ކުރިނބި، ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ
- ކެންޑިޑޭޓު ނަންބަރު 3 : އިނާސާ އާދަމް، ދޫގަސް / ހދ. ކުރިނބި، ޕީޕަލްސް ނޭޝަނަލް ކޮންގްރެސް
- ކެންޑިޑޭޓު ނަންބަރު 4 : ރާނިޔާ މުޙައްމަދު، ފަލަކު / ހދ. ކުރިނބި، ޕީޕަލްސް ނޭޝަނަލް ކޮންގްރެސް
- ކެންޑިޑޭޓު ނަންބަރު 5 : އިފާޤާ އާދަމް، ފެންފިޔާޒުގެ / ހދ. ކުރިނބި، ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ
- ކެންޑިޑޭޓު ނަންބަރު 6 : ފިރާޝާ ޢަލީ، ކަނީރުމާގެ / ހދ. ކުރިނބި، ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ
މި އިންތިޚާބުގައި ކެންޑިޑޭޓުންގެ މަންދޫބުންނާއި، މޮނިޓަރުންނާއި، އޮބްޒާވަރުންނަށްވުމަށް ޝައުގުވެރިވާ ފަރާތްތަކަށް މިއަދު ވަނީ ފުރުސަތު ހުޅުވާލައިފައެވެ. ސުންގަޑިއަކީ ނޮވެންބަރު 12 ވާ އަންގާރަ ދުވަހުގެ 14:00 އެވެ.

