ރާއްޖޭގެ ރަށްތައް އީދުތަކަށާއި ސައްބީހަށް، ޖުމްހޫރީދުވަސްފަދަ ހާއްސަ ދުވަސްތަކަށް ޒީނަތްތެރި ކުރުމަކީ އާންމުކޮށް ފެންނަ މަންޒަރެކެވެ. ފަހަކަށް އައިސް މާލެސަރަހައްދު ދިދަތަކާއި ގިޑިގޭގެ އިތުރަށްވެސް ކުލަބޮކިތަކުން ޒީނަތްތެރި ކުރުން ވަނީ އާންމުވާން ފަށާފައެވެ. މިފަދަ ޒީނަތްތެރިވުންތައް ރަށްރަށުން ފެންނައިރު މިރޭ މިފެނުނުފަދަ މަންޒަރެއް މީގެ ކުރިއަކުން ފެނިފައެއް ނުވެއެވެ.
މާތްﷲ ސުބްޙާނަހޫވަތަޢާލާގެ ކަލާމްފުޅު، ކީރިތި ޤުރުއާނުގެ ކަމަކަށްޓަކައި މުޅި ރަށެއް ޒީނަތްތެރިވެ ދިއްލާއަޅާލާފައި އޮތްތަން ފެނުމުން ހިތަށް ނޭނގޭ ފިނި ކަމަކާއި އުފަލެއް އިހުސާސް ކުރެވުނެވެ. އަދި މިފަދަ މާތްކަމަކަށްޓަކައި މިވަރުގެ ކަމެއް، އެހެންޏާ ހަމައެކަނި ސްޓޭޖެއް ނުވަތަ ހޯލަކުން ފެންނަ މަަންޒަރެއް، މުޅި ރަށަކުން ފެނުނީމަ އެކަމާ ހަމަ ހަގީގަތުގައިވެސް އަޖައިބު ވިއެވެ. އެހެެންކަމުން މިއީ ކިހިނެއްވީ ކޮންކަމެއްތޯ ބަލާނުލައި ހިތްހަމަނުޖެހުނެވެ. އަދި އިވިގެން ދިޔަ ވާހަކަތަކަށްފަހު މިއީ ތިޔަ ކިޔުންތެރިންނާ ހަމަައަށް ގެނައުން ހައްގު ވާހަކައެއް ކަމަށް ގަބޫލު ކުރެވޭތީ މިކަން ހިއްސާކޮށްލަމެވެ.

ރ މީދޫގައި ބޭއްވި ޤުރުއާން މުބާރާތަށް ރަށް ޒީނަތްތެރިކޮށްފައިވާ މަންޒަރުތަކުގެ ތެރެއިން………….ފޮޓޯ: މީދޫ ކައުންސިލް ރައީސް ހަސަން ޝަރީފު
ރ މީދޫ ކައުންސިލު ރައީސް ހަސަން ޝަރީފު، ހުވަދޫމީޑިއާއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ މިއީ އެރަށުގައި ހޮނިހިރުދުވަހު ފަށައިގެން މިއަދަށް ނިމިފައިވާ ޤުރުއާން މުބާރާތުގެ ޒީނަތް ކަމަށެވެ. ހުށަހެޅި ޕްރޮޕޯސަލެއް ކާމިޔާބުވެ އެރަށުގައި މިމުބާރާތަށް ތައްޔާރުވުމަށް ލިބުނީ އެންމެ ހަފުތާއެއްހައި ދުވަސްކަމާއި މިފަދަ ފުރިހަމަ ޒީނަތްތެރިކަމެއް ރަށަށް ގެނައުމުގައި ހަރަކާތްތެރިވެ، މަސައްކަތްކުރީ އެރަށުގެ ރައްޔިތުން ކަމަށް ޝަރީފު ވަނީ ވިދާޅުވެފައެވެ.

ރ މީދޫގައި ބޭއްވި ޤުރުއާން މުބާރާތަށް ރަށް ޒީނަތްތެރިކޮށްފައިވާ މަންޒަރުތަކުގެ ތެރެއިން………….ފޮޓޯ: މީދޫ ކައުންސިލް ރައީސް ހަސަން ޝަރީފު
އަތޮޅު ކައުންސިލުން އިންތިޒާމުކޮށްގެން ބޭއްވި މި މުބާރާތް މީދޫގައި ބޭއްވުނީ ޕްރޮޕޯސަލް ހުށަހެޅުމުން ކާމިޔާބުވެގެންނެވެ. މުބާރާތަށް ތައްޔާރުވުމަށް ލިބުނީ އެންމެ ހަފްތާއެއްހާ ދުވަސް ކަމަށާއި، އެ މުއްދަތުގެ ތެރޭގައި ރަށުގެ ރައްޔިތުންނާއި ޖަމިއްޔާތައް ގުޅިގެން މަސައްކަތްކުރި ކަމަށް ހަސަން ޝަރީފް ވިދާޅުވިއެވެ.

ރ މީދޫގައި ބޭއްވި ޤުރުއާން މުބާރާތަށް ރަށް ޒީނަތްތެރިކޮށްފައިވާ މަންޒަރުތަކުގެ ތެރެއިން………….ފޮޓޯ: މީދޫ ކައުންސިލް ރައީސް ހަސަން ޝަރީފު
މުބާރާތަށް ރަށުގެ ބަނދަރުން ފެށިގެން ބޮޑު ބައެއް ޒީނަތްތެރިކޮށްފައިވާއިރު، އެންމެ ބޮޑަށް ޒީނަތްތެރިކޮށްފައިވަނީ ސްކޫލެވެ. އެންމެ ހާއްސަކޮށް ފާހަގަކޮށްލެވެނީ ރަށުގެ ބަނދަރުން ސްކޫލަށް ދާ މަގުގައި ކީރިތި ޤުރުއާނުގެ "ޕެޓާން" ފެންނާނެފަދަ ގޮތަކަށް ޒީނަތްތެރިކޮށްފައިވާ ކަމެވެ. މިއީ މީގެ ކުރިން އެހެން ރަށެއްގައި ކޮށްފައިނުވާ ކަމެއް ކަމަށްވާއިރު މިފަދަ ކަވި، އަދި ބުރަ މަސައްކަތަކަށް ރަށުގެ ރައްޔިތުން ހަފުތާއެއް ތެރޭގައި ކޮށްފައިވާ މަސައްކަތަށް ވެސް ސާބަސް ހައްގުވެއެވެ.

ރ މީދޫގައި ބޭއްވި ޤުރުއާން މުބާރާތަށް ރަށް ޒީނަތްތެރިކޮށްފައިވާ މަންޒަރުތަކުގެ ތެރެއިން………….ފޮޓޯ: މީދޫ ކައުންސިލް ރައީސް ހަސަން ޝަރީފު
މުބާރާތަށް އަތޮޅުގެ އެހެން ރަށްރަށުން 198 ކުދިންނާއި ބެލެނިވެރިންނާއި އޮފިޝަލުން މީދޫއަށް ޒިޔާރަތްކުރި ކަމަށް ކައުންސިލްރައީސް ޝަރީފު ވިދާޅުވިއެވެ. އަދި މުބާރާތް ފެށުމުގެ ކުރިން ރަށުގައި ރަށުން ބޭރުން އައި އެހެން ކުދިންނާއި ބެލެނިވެރިން ތިބޭނެ އިންތިޒާމު ހަމަޖެއްސުމަށް ރަށުގެ ރައްޔިތުންގެ ތެރެއިން ބެލެނިވެރިން އިސްވެގެން، ރަށުގައި ތިބެވޭނެ އިންތިޒާމު ހަމަޖައްސައި ކެއިން ބުއިމުގެ ކަންތައްތައްވެސް ކުރިއަށް ގެންގޮސްފައިވަނީ އެއްވެސް ބީރައްޓެހި ކަމެއް ނެތި އަހުވަންތަކަމާއި އެކުވެރިކަމާއި ލޯތްބާއެކުގައި ކަން ވެސް ޝަރީފު ވަނީ ކިޔައިދެއްވާފަައެވެ. ހަމައެހެންމެ، މި މުބާރާތް ފެށުމުގެ ކުރިން ރަށުގެ ރައްޔިތުން ގުޅިގެން 500 އަށްވުރެ ގިނަ މީހުންނަށް ބޮޑު ޖާފަތެއް ދިން ކަމަށްވެސް ޝަރީފު ވިދާޅުވިއެވެ.

ރ މީދޫގައި ބޭއްވި ޤުރުއާން މުބާރާތަށް ރަށް ޒީނަތްތެރިކޮށްފައިވާ މަންޒަރުތަކުގެ ތެރެއިން………….ފޮޓޯ: މީދޫ ކައުންސިލް ރައީސް ހަސަން ޝަރީފު
މި މުބާރާތް މިގޮތަށް ބޭއްވިގެން ދިއުމުން އެނގިގެން ދަނީ މީދޫއަށްޓަކައި ރަށުގެ ރައްޔިތުން ކޮންމެ ފަދަ ގުރުބާނީއެއް ވެސް ވާން ތައްޔާރަށް ތިބިކަމެވެ.
މީދޫގެ ޝިއާރަކީ "އެއްބައެއް، އެއް ރަށެއް"، މިއީ މީދޫގެ ރައްޔިތުން މިޝިއާރު ގަބޫލުކޮށް އެއަށް އަމަލުކުރާކަން ކިތަންމެހާވެސް ރަނގަޅަށް ހާމަވެގެން ދިޔަ ވަގުތެކެވެ. މި މުބާރާތް މީދޫގައި ބޭއްވިގެން ދިއުމަކީ ރަށު ރައްޔިތުންގެ ވަރަށް ބޮޑު އުންމީދެއްގައި ކުލަޖެހުން ކަމަށް ހަސަން ޝަރީފް ވިދާޅުވިއެވެ. އަދި ކުރިއަށް އޮތްތަނުގައި ވެސް ރަށުގެ ހުރިހާ ރައްޔިތުން މި ޝިއާރުގައި ދެމިތިބުމަކީ އުންމީދު ކަމަށާއި، މިހާރު ވެސް ރައްޔިތުން އެކަން ދައްކުވައިދީފައިވާ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

ރ މީދޫގައި ބޭއްވި ޤުރުއާން މުބާރާތުގެ ތެރެއިން………….ފޮޓޯ: މީދޫ ކައުންސިލް ރައީސް ހަސަން ޝަރީފު
މީދޫ ކައުންސިލް ރައީސް ހަސަން ޝަރީފު ވަނީ މި މުބާރާތުގެ ހުރިހާ ކަމަކަށް އެކަމުގައި ހިމެނޭ އެންމެނަށްހެން ހިތުގެ ފުންމިނުން ޝުކުރުއަދާކޮށްފައެވެ. ހާއްސަކޮށް އަތޮޅު ކައުންސިލުގެ އިތުރުން ރަށުގެ މުއައްސަސާތަކާއި ކުލަބު ޖަމްއިއްޔާތައް އަދި އެކި ގޮތްގޮތުން އެހީތެރިވެދިން ފަރާތްތަކަށްވެސް ޝަރީފު ވަނީ ޝުކުރު އަދާ ކުރައްވާފައެވެ. މީގެ އިތުރުން އެހީތެރިކަން ދިން ރިސޯޓުތައް އަދި މީދޫގެ އެންމެހާ ރައްޔިތުންނަށް ފަށްފަށުން ޝަރީފު ޝުކުރި އަދާކުރެއްވިއެވެ.

ރ މީދޫގައި ބޭއްވި ޤުރުއާން މުބާރާތަށް ރަށް ޒީނަތްތެރިކޮށްފައިވާ މަންޒަރުތަކުގެ ތެރެއިން………….ފޮޓޯ: މީދޫ ކައުންސިލް ރައީސް ހަސަން ޝަރީފު

ރ މީދޫގައި ބޭއްވި ޤުރުއާން މުބާރާތުގެ ތެރެއިން………….ފޮޓޯ: މީދޫ ކައުންސިލް ރައީސް ހަސަން ޝަރީފު

ރ މީދޫގައި ބޭއްވި ޤުރުއާން މުބާރާތުގެ ތެރެއިން………….ފޮޓޯ: މީދޫ ކައުންސިލް ރައީސް ހަސަން ޝަރީފު
ރ މީދޫއިން ފެނިގެން މިދިޔަ އިސްލާމީވަންތަ އެއްބައިވަންތަކަމާއި ދީނީކަމެއްގައި މިހާބޮޑު އިސްކަމެއްދީގެން ހަރަދުތަކެއް ކޮށްގެން މުޅި ރަށް ޒީނަތްތެރިކޮށްފައިވުމުން ދޭހަވަނީ މިއީ ހަމަކޮންމެ ބަޔަކަށްވެސް ކުރެވޭނެ ކަމެއްކަމެވެ.ސްޓޭޖު ޝޯވ ތަކާއި ނެށުންތަކަށްވުރެ ފައިދާހުރި ކަމެއް ކުރުމުން އުފާފާޅުކޮށް އުފާ ލިބިގަތުމުން ލިބޭނެ ދަރުމަ ބޮޑުވެގެންވާކަން ޔަގީނެވެ! ހުވަދޫމީޑިއާއިން، ރ މީދޫގެ ކައުންސިލު ރައީސާއި ރަށުގެ ކުދިބޮޑު އެންމެން އަދި މިކަމުގައި ހިމެނުނު ހުރިހާ ފަރާތްތަކަށް އައްސަރިބަހާއި ސާބަސް ދިނުމާއެކު ސެލިއުޓް ކުރަމެވެ!

