ސަރުކާރުގެ އައު ގެދޮރުވެރިކަމުގެ ލޯން ސްކީމް، “ހިޔާވެހި ފައިނޭންސް ސްކީމް” މިއަދު ރަސްމީކޮށް އިފްތިތާޙު ކޮށްފިއެވެ. މި ސްކީމް އިފްތިތާޙްކޮށްދެއްވީ އިސްލާމީ މަރުކަޒުގެ ހޯލުގައި ބޭއްވުނު ޚާއްސަ ޖަލްސާއެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒެވެ.
ހިޔާވަހި ފައިނޭންސް ސްކީމަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅެއް ފުއްދުމުގެ ގޮތުން ތަޢާރަފުކުރެވުނު ސްކީމެކެވެ. މި ސްކީމުގެ ދަށުން ގެދޮރުވެރިކަމަށް ޚާއްސަ ލުއި ލޯނު ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ.
މާލީ އެކި ސަބަބުތަކުގެ ސަބަބުން މާލެއާއި އަތޮޅުތަކުގައި ގެދޮރު އެޅުމަށް ދަތިވެފައިވާ ފަރާތްތަކަށް އެކަމުގެ ޙައްލެއް ގެނެސްދިނުމަށް ކުޑަ އިންޓަރެސްޓް ރޭޓެއްގައި ދޫކުރާ ހިޔާވެހި ފައިނޭންސް ސްކީމް އިފްތިތާޙްކޮށްފިއެވެ. އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ބޭއްވި ރަސްމިއްޔާތުގައި މި ލޯނު ސްކީމް އިފްތިތާޙްކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ.
ބޯހިޔާވަހިކަމަކީ ދިވެހިރާއްޖޭގެ ޤާނޫނު އަސާސީން ކޮންމެ ރައްޔިތަކަށްވެސް ކަށަވރުކޮށްދީފައިވާ އަސާސީ ޙައްގެކެވެ. އެހެންކަމުން ރައްޔިތުންނަށް އެކަށޭނަ ރަނގަޅު ފެންވަރުގެ ބޯހިޔާވަހިކަން ކަށަވަރުކޮށްދިނުމަކީ ރައީސުލްލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އެންމެ މުހިންމު އެއް ސިޔާސަތެވެ.
ރާއްޖޭގައި ބޯހިޔާވަހިކަމުގެ މައްސަލައަކީ މިހާތަނަށް ހައްލެއް ގެނެސްދެވިފައިނުވާ ބޮޑު މައްސަލައަކަށްވާތީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ބޯހިޔާވަހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ތަޢާރަފްކުރި މި ލޯނު ސްކީމަކީ %5 އިންޓްރެސްޓްގައި ކުރިއަށްގެންދާ ފައިނޭންސިން ޕްރޮގްރާމެކެވެ. އެހެންކަމުން މި ޕްރޮގްރާމަކީ ސަރުކާރުން މިހާތަނަށް ރާއްޖެގެ ހުރިހާ ސަރަޙައްދެއް ހިމެނޭގޮތަށް ކުރިއަށް ގެންދާ ބޯހިޔާވަހިކަމުގެ އެންމެ ބޮޑު ލޯނު ޕްރޮގްރާމެވެ.

