ގެދޮރުވެރިޔާ ސްކީމަށް ކުރިން ހުށަހެޅި ފޯމުތައް ބާތިލުކޮށް، އަލުން ފޯމު ހުށަހެޅުމުގެ ފުރުސަތު އެޗްޑީސީން ހުޅުވާލައިފައިވަނިކޮށް ސައްހަ މެސެޖެއްނޫން މެސެޖެއް ހިމެނޭ ލިންކް ތަކެއް ފޯމު ހުށަހަޅާފައިވާ ފަރަތަކަށް ފޮނުވަން ފަށައިފިއެވެ.
މި މައްސަލަ މިހާރުވަނީ ފުލުހުން ބަލަންފަށާފަ ކަމަށް ވެސް ފުލުހުން ބުނެއެވެ.
ފުލުހުން ބުނީ މިފަދަ ލިންކުތަކަށް ސަމާލުވުމަށާއި، ގޮތް ނޭގޭ ލިންކުތަކަށް ނުފިއްތުމަށެވެ. އެގޮތުން މިހާރު ދައުރުވަމުންދާ ލިންކަކީ ސައްހަ ލިންކެއްނޫން ކަމަށްވެސް ފުލުހުން ބުނެއެވެ. މިފަދަ ލިންކެއް މިގޮތަށް މިއަދު ދައުރުވަމުންދާއިރު މިގޮތަށް ލިންކްތައް ވަރަށް ގިނައިން ދައުރުވާކަން ފާހަގަކުރެވެއެވެ. އެގޮތުން ދައުރުވާ ލިންކްތަކަށް ނުފިއްތުމަށް ފުލުހުން އަބަދުވެސް އިލްތިމާސްކުރެއެވެ.
މިފަދަ ލިންކްތަކަށް ނުފިއްތުމަށް ފުލުހުން އިލްތިމާސް ކުރަނީ އެފަދަ ލިންކްތަކުގެ ސަބަބުން ލިބިދާނެ ގެއްލުން ބޮޑުވާތީ އެކަންކަމުން ހޭލުންތެރިކުރުމަށާއި، އެއި ރައްކާތެރި ގޮތެއްނޫން ކަމަށްވާތީ ކަމަށް ވެސް ފުލުހުން ބުނެއެވެ.

