އިސްރާއީލުގެ ޑިފެންސް މިނިސްޓަރުގެ މަގާމުގައި ހުރި ޔޯވް ގަލަންޓް އެމަގާމުން ވަކިކުރުމާއި ގުޅިގެން އެގައުމުގެ މަޝްރަހު ހޫނުވެއްޖެއެވެ.
ޑިފެންސްމިނިސްޓަރުގެ މަގާމުން ގަލަންޓް ވަކިކޮށްފައިވަނީ ނަތަންޔާހޫއާއި ދެމީހުންގެ މެދުގައި މައްސަލަ ހޫނުވެފައިވާ ދުވަސްވަރެއްގައެެވެ.
އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ އޮފީހުން ނެރުނު ރަސްމީ ބަޔާނެއްގައި ވިދާޅުވެފައިވަނީ، ފާއިތުވި މުއްދަތުގައި ނަތަންޔާހޫ އާއި ދިފާއީ ވަޒީރު ޔޯއަވް ގަލަންޓް އާ ދެމެދު އޮތް އިތުބާރު ވަރަށް ބޮޑަށް ގެއްލިފައިވާ ކަމަށެވެ. މި ސަބަބަށްޓަކައި، ގަލަންޓްގެ ދިފާއީ ވަޒީރުކަމުގެ މަޤާމު ނިމުމަކަށް ގެނައުމަށް ނިންމާފައިވާ ކަމަށް އެ ބަޔާނުގައި ބަޔާންކޮށްފައިވެއެވެ.
2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން އިސްރާއީލުން ޣައްޒާއަށް ދެމުންދާ ހަމަލާތަކާ ގުޅޭގޮތުން، މިއަދާ ހަމައަށް ވެސް ނަތަންޔާހޫ އާއި ގަލަންޓް އާ ދެމެދު ޚިޔާލު ތަފާތުވުންތަކެއް ހުރި ކަމަށް ވަނީ ފާހަގަކުރެވިފައެވެ.
ބައެއް މީޑިއާ ވަސީލަތްތަކުން ރިޕޯޓުކުރާ ގޮތުގައި، ނަތަންޔާހޫ އާ އެއްގޮތަށް ޢަމަލުނުކުރުމާއި އިތުބާރު ގެއްލިފައިވުމަކީ ގަލަންޓް ދިފާއީ ވަޒީރުކަމުގެ މަޤާމުން ވަކިކުރުމަށް މެދުވެރިވި މައިގަނޑު ސަބަބު ކަމުގައި ބެލެވެއެވެ.

