މިއީ ވިހާ ނަކަތެވެ. މިނަކަތް ދެމިގެންދަނީ 1 ނޮވެމްބަރުން ފެށިގެން 13 ނޮވެމްބަރުގެ ނިޔަލަށެވެ. މިއީ ހުޅަގު މޫސުމުގެ 13 ވަނަ ނަކަތެވެ. އާންމުގޮތެއްގައި ވައިޖެހޭނީ ހުޅަނގުންނެވެ. މި ނަކަތުގައި މަސްވެރިކަން ރަނގަޅުވާނެ ކަމަށް އިހުގެ މުސްކުޅިން ބުނެއުޅެއެވެ.

މަސްދޯންޏެއް/ފޮޓޯ ކެންދޫ މަސްވެރިން
ކުޑަކޮށްވާރޭވެހި މޫސުން ބަދަލުވަމުން އަންނައިރު، މޯލްޑިވްސް މީޓްރޮލޮޖިކަލް ސާވިސް (މެޓް) އިން ބުނެފައިވާ ގޮތުން މިއަދު ހެނދުނު 10:00 އާއި ހަމަޔަށް މޫސުންހުރި ގޮތަށްބަލާއިރު ބައެއް ރަށްތަކަށް ކެރީގެ އަސަރުކުރުމާއެކު ގުގުރުން އެކަށީގެން ވެއެވެ. އަދި ވައިހުރީ ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 6 މޭލާއި 16 މޭލާ ދެމެދުގެ ބާރުމިނުގަ ވައިޖެހޭނެއެވެ.
ކަނޑުގެ އުސްމިނަށް ބަލާއިރު އާދައިގެ ވަރަކަށް މަޑުވާނެ ކަމަށްވެސް ބުނެފައި ވެއެވެ. މިއަދު ވަކި ޙާއްސަ ސަމާލެއް ނެރެފައެއްނެތެވެ.
މިއަދުގެ ރާޅުގެ އުސްމިންހުރީ ހުރީ 5 -2 ފޫޓާއި، ދެމެދުއެވެ. ރާޅުގެ އުސްމިން މިއީ އާންމު މިންވަރަށްވުރެ ބޮޑު މިންވަރެކެވެ. މިމިންވަރު މިއަށްވުރެވެސް ބޮޑަށް އުފުލޭ ފަހަރު އާދެއެވެ. މިގޮތުން 6-7 ފޫޓަށް ވެސް ރާޅުއުފުލެއެވެ. ރާއްޖޭއަކީ ބިންތިރި ކަނޑުގެ ސަރަހައްދު ބޮޑު ގައުމެކެވެ. ރާޅު މިގޮތަށް އުފުލޭނަމަ އެއްގަމަށް ރާޅު އެރުމަކީ އެކަށީގެންވާ ކަމެވެ. މިހާރުވެސް ރާއްޖޭގެ ގިނަ ރަށްތަކަށް އުދައިގެ އަސަރު ކުރެއެވެ. އަދިއޭގެ ގެއްލުން ގިނަބަޔަށް ކުރެއެވެ.
މޫސުމަށް އަންނަ ބަދަލުގެ ސަބަބަން ނުރައްކާތެރި ހާލަތަކާ ކުރިމަތިވެދާނެކަމަށް އަބަދުވެސް ގިނަބަޔަކު ބުނެއެވެ. ތިމާވެއްޓާއިބެހޭ މާހިރުން ފާހަގަކުރާ ގޮތުގައި ރާއްޖެއަށް ދިމާވާ އެންމެ ބޮޑު މައްސަލައަކީ ކަނޑުގެ ލޮނުގަނޑު އުފުލުމުގެ މައްސަލައެވެ. މިމައްސަލަ ހައްލު ނުކުރެވޭއިރު، ރާއްޖޭގެ ރަށެއް ގެއްލިދާނެކަމުގެ ބިރުވެސް ވަނީ ހީވެފައެވެ. 2004 ވަނަ އަހަރުގެ ސުނާމީ ކާރިސާމިއީ މިކަމުގެ ނުރައްކާ ރާއްޖެއަށް އޮތް މިންވަރު އަންދައިދޭ އެންމެ ބޮޑު ހެއްކެވެ.

