ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވަރސިޓީއިން، ނުވަތަ ދިވެހި ސަރުކާރު ޤަބޫލު ކުރާ އެހެން ކޮލެޖް/ ޔުނިވަރސިޓީއަކުން ވިޔަސް ކަށުކަމާކެމީގެ(ޖަނާޒާގެ މޮޑިއުލްތައް) ހިމެނޭ ގޮތަށް 6 ދާއިރާއަކުން ޖަނާޒާ ކޯހުގެ ސަނަދު ފުރިހަމަކުރެވޭ ގޮތަށް ފުރުސަތު ހުޅުވައިފިއެވެ.
ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވަރސިޓީއިން، ނުވަތަ ދިވެހި ސަރުކާރު ޤަބޫލު ކުރާ އެހެން ކޮލެޖް/ ޔުނިވަރސިޓީއަކުން ވިޔަސް ކަށުކަމާކެމީގެ ( ޖަނާޒާގެ މޮޑިއުލްތައް) އަންނަނިވި ދާއިރާތަކުން ކިޔަވައިފައި ހުރެއްޖެ ނަމަ، އިތުރު ކޯހަކާ ނުލައި، ނުވަތަ އިތުރު އިމްތިޙާނަކާ ނުލައި (ކަށުކަމާކެމީގެ ސަނަދު) ދޭ ގޮތައް އިސްލާމިކް މިނިސްޓްރީއިންވަނީ ނިންމާފައެވެ.
މި ބައިތަކަކީ:
1- ބެޗްލަރ އޮފް އިމާމުޝިޕް
2- ބެޗްލަރ އޮފް އިސްލާމިކް ސްޓަޑީޒް
3- ޑިޕްލޮމާ އޮފް އިމާމު ޝިޕް
4- އެޑްވާންސް ސެޓްފިކެޓް ފޯ އިމާމްޝިޕް
5- ސެޓްފިކެޓް 3 ފޯ އިމާމްޝިޕް
6- ސެޓްފިކެޓް 3 އިން ޖަނާޒާ
މިނިސްޓްރީން ބުނީ މި ގޮތައް ނިންމާފައިވަނީ، ކަށުކަމާކެމީގެ މަޢުލުމާތާއި ޖަނާޒާއާ ބެހޭ ޢިލްމީ މާއްދާތަކުގެ ނަޒަރީ އަދި ޢަމަލީ ބައިތައް ކިޔަވައިދޭ ކޯސްތަކަކަށްވާތީއާއި ރާއްޖޭގެ ރަށްރަށުގައި ކަށުކަމާކެމީގެ ކަންކަން ކުރަމުންދާ މީހުންގެ ދަތިކަން އޮތުމާއެކު އެކަމަށް އަވަސް ޙައްލެއް ހޯދުމުގެ ގޮތުން ކަމަށެވެ.

