ކުރިއަށް އޮތް ފަސް އަހަރަށް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އިން އެކުލަވައިލާ ދިގުރާސްތާގެ އިސްތިރާޖީ އެކްޝަން ޕްލޭން އިފްތިތާހުކޮށްފިއެވެ.
މި ޕްލޭން އިފްތިތާހުކޮށްދެއްވީ، އާރްޑީސީގެ އަހަރީ ދުވަސް ފާހަގަ ކުރުމަށް ރޭ ބޭއްވި ސްޓާފް ނައިޓުގައި އިމާރާތް ކުރުމާއި ބިނާރާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރު ޙަސަން ރަޝީދެވެ.
އިސްތިރާޖީ އެކްޝަން ޕްލޭން އިފްތިތާހު ކުރުމުގެ ރަސްމިއްޔާތުގައި ވަނީ އެކަމާ ގުޅޭ އަތްމަތީ ފޮތެއް ވެސް ނެރެފައެވެ.
އާރްޑީސީއިން ބުނީ މި ހިނގާ އަހަރާއެކު ފަސް އަހަރަށް އަމާޒުކޮށް ތައްޔާރުކުރެވިފައިވާ މި އެކްޝަން ޕްލޭނުގެ މައިގަނޑު މަގުސަދަކީ އެ ކޯޕަރޭޝަންގެ ތަސައްވުރަށް ވާސިލުވުމަށްޓަކައި، އެކަށައެޅިފައިވާ އަމާޒުތަކަށް މަސައްކަތްކުރުމުގެ ސާފު މަގު ޗާޓެއް އެކުލަވާލުން ކަމަށެވެ.
މި ޕްލޭނުގައި އިސްކަންދޭ މައިގަނޑު ފަސް ދާއިރާ އެއް ހިމެނެއެވެ.
އޭގެތެރޭގައި ކޯޕަރޭޝަނުގެ އިދާރީ އޮނިގަނޑު އިސްލާހު ކުރުމާއި، ސްޓޭކްހޯލްޑަރ އިތުބާރު ދެމެހެއްޓުމާއި، ކުންފުނީގެ ގާބިލުކަން އިތުރުކުރުމާއި، ކޯޕަރޭޝަނުން ކުރަމުން ގެންދާ ވިޔަފާރި ފުޅާކޮށް ސިންދަފާތު ކުރުމާއި، މާލީ ތަނަވަސްކަން އެންމެ ފުރިހަމައަށް ހޯދުމަށް ކުރަންޖެހޭ ކަންކަން ތަރުތީބުކޮށް ތަންފީޒުކުރުން ހިމެނެއެވެ.
ރޭ ބޭއްވި ސްޓާފް ނައިޓުގައިވަނީ ބައިނަލް އަގުވާމީ އަދި ގައުމީ ފެންވަރުގެ މަތީ ވަނަތައް ހާސިލު ކުރި މުވައްޒަފުންނާއި، ވޭތުވެދިޔަ އަހަރު އެކި ގޮތް ގޮތުން ފާހަގަ ކުރެވުނު މުވައްޒަފުންގެ އަގުވަޒަންކޮށް ހަދާނީ ފިލާ ދީފައެވެ.

