ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ޗެއާމަންކަމުގެ މަގާމަށް އަޙްމަދު ނާސިފް (ޑީޑީ) އައްޔަންކޮށްފިއެވެ.
އެޗްޑީސީއިން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ވަނީ ނާސިފް އެ މަގާމަށް އައްޔަންކޮށްފައިވާކަން ހާމަކޮށްފައެވެ.
އެޗްޑީސީގެ ޗެއާމަންކަމުގެ މަގާމަށް އައްޔަންކުރުމާ ހަމައަށް ނާސިފް ހުންނެވީ ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީގެ ޗެއާމަންގެ މަގާމުގައެވެ.
މީގެކުރިން ނާސިފް އަދާކުރެއްވި މަގާމުތަކުގެ ތެރޭގައި އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރުކަމާއި، ތިލަފުށި ކޯޕަރޭޝަން ލިމިޓެޑާއި ގްރޭޓަރ މާލެ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑްގެ މެނޭޖިންގ ޑިރެކްޓަރުކަން ހިމެނެއެވެ.

