މޯނިން ގްލޯރީ ޕްލާންޓްއެނގޭ ހެއްޔެވެ. މިގަސް ބިމުން މައްޗަށްހެދޭއިރު، މިއީ ބޮޑަށް ވެލެއްގޮތަށް ހެއްދޭ މާއަޅާ ވެލެކެވެ. މިގަހުގެ މާއަޅާ، އެމާ ހެނދުނަށް ހުޅުވި، މެންދުރަށް ލެއްޕޭ ގޮތްވެއެވެ. މި މަލަކީ ވަރަށްރީތީ އެއިން ވަރަށް ބޮޑު ހިންހަމަޖެހުމެއް ލިބޭގޮތަށް ކުޑަ ސައިޒަކަށް ހެދޭ މަލެކެވެ. މިމަލުގައި ޕާޕަލްކުލައާއި، ޕިންކާއި ހުދުވެސް ހިމެނެއެވެ. މިއީ ވަރަށްބޮޑަށް އަޖައިބު ކުރެވޭ ޒާތުގެ މާއަޅާ ވެލެކެވެ.

މޯނިން ގްލޯރީ ޕްލާންޓް
މިމާ އެހެންމާތަކާ ވަރަށް ތަފާތެވެ. މިވެޔޮ ގަހެއްގެ ގޮތަށް 2-3 މީޓަރު (6 ފޫޓް 7 އިންޗި – 9 ފޫޓް 10 އިންޗި) ގެ އުސްމިނަކަށް ބޮޑުކޮށް ހެދެއެވެ.
މި ގަސްހެއްދެނީ ވަރަށް ރަނގަޅު މޮޅޫ ފަސްގަޑެއްގައެވެ. މިގަހަކީ ތަފާތު ބާވަތްތަކުގެ ފަސްގަނޑުގައި އުފެދިފައިވާ ގަހެއް ނަމަވެސް މިއީ ދުނިޔޭގެ ހޫނު ސަރަހައްދުތަކުގައި ހެއްދޭގަހެކެވެ. ރާއްޖެއަކީ ހޫނު ގައުމަކަށްވާތީ މިގަސް ވަރަށް ފަސޭހައިން ހެދެއެވެ.
ގަސްހެއްދުމަކީ ދިވެހިންގެ ތެރޭގައި ވަރަށް ޝައުގުވެރިކަމާއެކު ކުރާކަމެކެވެ. ޙާއްސަގޮތެއްގައި ގަސްހައްދަނީ ގަހަށްލޯބިޖެހި އިންދާގަހުގެ ސަބަބުން ހިންހަމަޖެހުން ލިބޭތީއެވެ. މާ ގަސް ހައްދާ މީހުން އެއަށް ވަރަށް ބޮޑު ޝައުގެއް އުފެދެއެވެ. ދިރޭ ތަކެއްޗާއި ގަހަށް ޖެހޭ ލޯތްބަކީ މިއީ އާދައިގެ ލޯތްބެއްނޫނެވެ.
ގަހެއް ކުރިލާ ފޯދުމަށް މުއްދަތެއް ހޭދަވެއެވެ. އެގަސް ފޯދެން އިންތިޒާރުތަކެއް ކުރަންޖެއެވެ. ގަހެއް އިންދުމައްޓަކާ އޮތްތަކެއް ރުވަންޖެހެއެވެ. ނުވަތަ ގަހެއްގެ ރޯ ކުރިކޮޅެއް ނުވަތަ ދަޑިގަނޑަކުން ގަސް ރޯކުރެވެއެވެ. މި މަރުހަލާއަކީ ގަހެއް އިންދުމުގެ ފުރަތަމަމަރުހަލާއެވެ. މިކަމުގައި ވަރަށް ބުރަ މަސައްކަތްތަކެއް ކުރަންޖެހެއެވެ. އެހެންކަމުން ގަސް އިންދާ މީހުން މި މަސައްކަތް ކުރަނީ ވަރަށް ބުރަ މަސައްކަތެއްގެ ގޮތުގައެވެ. އަދި ޙާއްސަ ޝައުގަކާއެކުގައެވެ. އެހެންކަމުން އެގަސް އިންދާ ހައްދާ ފެންދީ ބޮޑު ކުރުމަށް ބޮޑު ހޭދައެއްވެސްދެއެވެ.
މޯނިން ގްލޯރީ ޕްލާންޓް މިއީ ކިހާ ހިތްގައިމު ގަހެއްތޯއެވެ. މި ގަސް ގޯތިތެރޭގައި ހައްދާލުން ވަރަށް މުހިންމެެވެ. ސަބަބަކީ މިއީގޯތީގެ ޒީނަތްތެރިކަމަށް އިތުރު ފުރިހަމަކަމެއް ގެނެސްދެވޭ މާ އަޅާ ވެލަކަށްވާތީއެވެ.

