ރާއްޖޭގެ ކޮންމެ އަތޮޅެއްގައި ތެލުގެ ސްޓޯރޭޖެއް ގާއިމް ކުރުމުގެ މަޝްރޫއު އިފްތިތާހު ކޮށްފިއެވެ.
ތެލުގެ ސްޓޯރޭޖް ގާއިމް ކުރުމުގެ މަޝްރޫއު އިފްތިތާޙުކޮށް ދެއްވީ ރައީސުލް ޖުމްހުރިއްޔާ ޑރ މުހައްމަދު މުއިއްޒުއެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ރަސްމިއްތާތެއްގައި އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރ ވިދާޅުވީ މިއީ ރައީސް ޑރ މުހައްމަދުގެ ރިޔާސީ ވައުދުފުޅެއްކަމުން ރާއްޖޭގެ ކޮންމެ އަތޮޅެއްގެ ކޮންމެވެސް އެއް ރަށެއްގައި އެސްޓީއޯގެ ރޭޓުން ތެޔޮ ލިބޭނެ އިންތިޒާމް ވީހާވެސް އަވަހަށް ހަމަޖައްސަވާނެ ކަމަށެވެ.
މި މަސައްކަތް ވީހާވެސް އަވަހަށް ފައްޓަވައި 2025 ނިމުމުގެ ކުރިން ހުރިހާ އަތޮޅަކުން މި ހިދުމަތް ލިބެން ހުންނާނެކަމަށް އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރ ވިދާޅުވިއެވެ.

