ރައީސުލް ޖުމްހުރިއްޔާ ޑރ މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅުގެ ދަށުން މަސްވެރިންނަށް ފަސޭހައިން ތެޔޮ ލިބުމުގެ އިންތިޒާމް ހަމަޖެއްސުމުގެ ގޮތުން އެސްޓީއޯގެ ރޭޓުގައި ރާއްޖޭގެ ކޮންމެ އަތޮޅެއްގައިވެސް ތެޔޮ ލިބޭނެ އިންތިޒާމް ހަމަޖެއްސުމުގެ މަޝްރޫއު އިފްތިތާހުކޮށްފިއެވެ.
ތެޔޮ މަޝްރޫއު އިފްތިހާހު ކޮށްދެއްވަމުން އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރ ޝަމްހީދު ވިދާޅުވީ މިއީ ރައީސް ޑރ މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެއް ކަމަށެވެ. މި މަޝްރޫއުގެ ދަށުން މަސްވެރިންނާއި އާންމުންނަށް އެސްޓީއޯގެ ރޭޓުން ތެޔޮ ފޯރުކޮށްދެވޭނެ ކަމަށެވެ. މަޝްރޫއު އެކިއެކި މަރުހަލާތަކަށް ބެހިގެން ދިޔަ ނަމަވެސް 2025 ނިމުމުގެ ކުރިން މަސްވެރިކަން އެންމެ ރަނގަޅު ސަރަހައްދުތަކުން ތެޔޮ ލިބެން ހުންނާނެ ކަމަށެވެ.
އަދި މާކެޓަށް ބަލައި އެހެނިހެން ސަރަހައްދުތަކުންވެސް ތެޔޮ ފޯރުކޮށްދިނުމުގެ މަޝްރޫއު ފައްޓަވާނެ ކަމަށެވެ.
މަސްވެރިން އާންމުކޮށް އެންމެ ގިނައަދަދަކަށް މަސްކިރުމަށް ބޭނުން ކުރާ 3 ބަނދަރު، ކޫއްޑޫ ފެލިވަރު، އަދި ހުޅުމީދޫ ބަނދަރުން ފެބްރުއަރީ 2025 ގެ ކުރިން ހިދުމަތް ލިބެން ހުންނާނެ ކަމަށް އެސްޓީއޯއިން ބުނެއެވެ،.
މީގެ އިތުރުން ހއ އިހަވަންދޫ، ހދ ހަނިމާދޫ، ފ ނިލަންދޫ، ގދ ފަރެސްމާތޮޑާ، ފުވައްމުލަކު ސިޓީން 2025 އޮކްޓޯބަރުގެ ކުރިން ތެޔޮ ފޯރުކޮށްދިނުމުގެ މަސައްކަތް ފައްޓަވާނެއެވެ. ބާކީ ހުރި ރަށްތަކުން ވެސް މި މުއްދަތުގެ ތެރޭގައި މާކެޓަށް ބަލައި މަސައްކަތް ފައްޓަވާނެމަކަށް އެސްޓީއޯއިން ބުނެއެވެ.

