މޯލްޑިވިއަން އެއަރލައިންސް ދެކުނު އެފްރިކާއަށް ޗާޓާ ދަތުރުތައް ފެށުމަށް ނިންމައިފިއެވެ.
މޯލްޑިވިއަނުން ބުނެފައިވާ ގޮތުގައި މި ދަތުރުތަކަށް އޭ330-200 މަރުކާގެ 264 ސީޓުގެ މަތިންދާބޯޓެއް ބޭނުންކުރާނެއެވެ.
ދަތުރުތައް 2024 ފެބްރުއަރީގައި ފެށުމަށް ރޭވިފައިވެއެވެ. މީގެ އިތުރުން، ދެކުނު އެފްރިކާގައި ޗާޓާ ހިދުމަތްތަކާއި ޖެނެރަލް ޕަސެންޖާ ސޭލްސް އެޖެންޓްގެ ހިދުމަތް ދޭނެ ފަރާތެއް ހޯދުމަށް އިޢުލާނުކޮށް، ޝައުގުވެރިވާ ފަރާތްތަކުން މި މަހުގެ 12 ވަނަ ދުވަހުގެ މެންދުރުފަހު 2:00 ގެ ކުރިން އެކަން އަންގަންވާނެކަމަށް މޯލްޑިއަނުން ބުނެއެވެ.

