ސައިކަލެއްގެ މަތީގައި ބަހައްޓާފައިހުރި ދަބަހެއް ވަގަށް ނެގިކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ މިއަަދު ދަބަހެއް ވަގަށްނެގިކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވަނީ ނ. ވެލިދޫ ހިފާޒް އަހުމަދު މާޖިދް 33 ކަމަށެވެ.
މިމައްސަލައަކީ ނޮވެމްބަރު 5 ވަނަ ދުވަހު 8:48 ހާއިރު އަމީރު އަހުމަދުމަގުގައި ޕާކް ކޮށްފައިހުރި ސައިކަލެއްގެ މަތީގައި ބަހައްޓާފައިހުރި ދަބަހެއް ކަމަަށްވެސް ފުލުހުން ބުނެއެވެ.
ފުލުހުން ބުނީ މާޖިދް ވަނީ ކޯޓް އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިކަމަށާއި، އަދި އޭނާ ވަގަށްނެގި ކަމަަށް ތުހުމަތުކުރެވޭ ދަބަހުގެ އެތެރޭގައި ހުރި ތަކެއްޗާއެކު ވަނީ ހޯދިފައިކަމަށެވެ.

