މި އަހަރުގެ މަސްވެރިންގެ ދުވަސް ފާހަގަ ކުރުމަށް ބާއްވާ ހަފުލާގައި ދިނުމަަށް ނިންމާފައިވާ އެވޯޑުތަކަށް ނަން ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފިއެވެ.
ޑިސެމްބަރު 10 ގައި ފާހަގަކުރާ މަސްވެރިންގެ ދުވަހުގައި ދިނުމަށް ނިންމާފައިވާ އެވޯޑުތަކަށް ނަން ހުށަހެޅުމުގެ
އޮކްޓޫބަރު 09 އިން ފެށިގެން އިއްޔެގެ ނިޔަލަށެވެ.
ފިޝަރީޒް މިނިސްޓްރީން ބުނީ މި އެވޯޑުތަކަށް ކުރިމަތިލައި، ނަން ހުށަހެޅުމުގެ މުއްދަތު މި މަހުގެ 21 ވަނަ ދުވަހުގެ 14:00 ގެ ނިޔަލަށް އިތުރުކޮށްފައިވާ ކަމަށެވެ.
މަސްވެރިންގެ ދުވަހުގައި ދޭން ނިންމާފައިވާ އެވޯޑުތައް:
- މިހާރުވެސް މަސްވެރިކަމުގައި އަމަލީގޮތުން އުޅޭ، އަދި މަސްވެރިކަން ފިޔަވައި، އާމްދަނީ ހޯދުމަށް އެހެން މަސައްކަތެއް ނުކުރާ އެންމެ ޚިދުމަތްތެރި ޒުވާން ކެޔޮޅު (35 އަހަރުން ދަށް)
- މިހާރުވެސް މަސްވެރިކަމުގައި އަމަލީގޮތުން އުޅޭ، އަދި މަސްވެރިކަން ފިޔަވައި، އާމްދަނީ ހޯދުމަށް އެހެން މަސައްކަތެއް ނުކުރާ އެންމެ ތަޖުރިބާކާރު ކެޔޮޅު (35 އަހަރުން މަތި)
- އާމްދަނީ ހޯދުމަށްކުރާ މައިގަނޑު މަސައްކަތަކަށް ފަރުމަހުގެ މަސްވެރިކަން ކުރާ ޚިދުމަތްތެރި ފަރުމަސްވެރިޔާގެ އެވޯޑު.
މި އެވޯޑުތަކަށް އެދި ނަން ހުށަހެޅުމަށް ތައްޔާރުކޮށްފައިވާ ދެ ފޯމު ފިޝަރީޒް މިނިސްޓްރީގެ ވެބްސައިޓް އިން ޑައުންލޯޑު ކުރެވެން ހުންނާނެއެވެ. ފޯމް ފޮނުވާނީ ފިޝަރީޒް މިނިސްޓްރީގެ އީމެއިލް އެޑްރެސް fisheriesmanagement@fisheries.gov.mv އަށެވެ.
މި އެވޯޑުތަކަށް އެދި އަމިއްލަ ހައިސިއްޔަތުން ނުވަތަ އެހެން ފަރާތަކުންވެސް ނަން ހުށަހެޅިދާނެއެވެ.

