މި އަހަރުގެ މަސްވެރިންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން މާލޭގައި އާޓް އެގްޒިބިޝަނެއް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސްއިން ބުނެފިއެވެ.
މިނިސްޓްރީން އިއްޔެ ގެޒެޓުކުރި އިއުލާނެއްގައި ބުނީ މި އެގްޒިބިޝަން އޮންނާނީ އަންނަ ޑިސެންބަރު 12 އިން 14 އަށް ކަމަށެވެ.
މި އެގްޒިބިޝަނަށް އާޓްވޯކު ހުށަހަޅަން ބޭނުންވާ ފަރާތްތަކަށް ފުރުސަތު ހުޅުވާލައިފައިވަނީ މި މަހުގެ 21 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ނިޔަލަށެވެ. އޭގެކުރިން ކަމާގުޅޭ ފޯމް ފުރިހަމަ ކުރުމަށްފަހު އެ މިނިސްޓްރީއަށް ހުށަހެޅުމަށް ފިޝަރީޒް މިނިސްޓްރީން ވަނީ އެދިފައެވެ.
މި އެގްޒިބިޝަނުގައި 16 އަހަރުން މަތީގެ ކޮންމެ މީހަކަށް ވެސް ބައިވެރިވެވޭނެއެވެ.
މިނިސްޓްރީން ކުރި އިއުލާނާއެކު ވަނީ މި އެގްޒިބިޝަނާ ގުޅޭ އިތުރު މައުލޫމާތު އެއްކަރުދާސްކޮށްފައެވެ.

