ސަރުކާރު ވެރިކަމާ ހަވާލުވިއިރު ބެންކު އޮފް މޯލްޑިވްސް ބީއެމްއެލްގައިވެސް ވާރުދަތަވި ގޮންޖެހުންތަކެއް ހުރިކަމަށާއި، ގޮންޖެހުންތަކުން ފެންނަން އޮތީ އެއްވެސް އޮއްޓަރުހުރި އެސެޓެއް ފެންނަންނެތްަކަން ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު ސައީދު ވިދާޅުވީ ގޮންޖެހުންތަކާއެކުވެސް ބީއެމްއެލް ކުރިއަށްގެންދިއުމުގެ މަސައްކަތް ވަރަށް ބޮޑުތަނުން ވަނީ ރަނގަޅުކުރެވިފައި ކަމަށެވެ.
ސައީދު މިހެން ވިދާޅުވީ ބީއެމްއެލްއިން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އޭޓީއެމްގެ ހިދުމަތް ކުރިއަށްދިޔަގެންދިއުމަށް ނިންމާ އެ ނިންމުންހާމަކުރެއްވުމަށް ސަރުކާރުގެ ފަރާތުން އިއްޔެ ރައީސްއޮފީހުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. އެގޮތުން މިނިސްޓަރު ސައިދު ވިދާޅުވީ 5 އަހަރެއް ނިމިގެންދިޔައިރު ބީއެމްއެލްގައި އެއްވެސް އޮއްޓަރުހުރި އެސެޓެއް ފެންނަން ނެތް ކަމަށާއި، ފެންނަމުންދިޔައީ ނުރައްކާތެރި ދަރަޖައަކަށް ހާލަތު ބަދަލުވެފައިވާތަން ކަމަށެވެ.
” ވާރުތަވީ ހަމައެކަނި ދަންރެންޏެއްނޫން. ފެއިލްވެފައިވާ މާލީ ނިޒާމަކާއި، އަދި މަނިޓިރީ ސިޔާސަތެއް” ސައީދު
މީގެ އިތުރުވެސް ސައީދު ފާހަގަކުރެއްވީ އިޖްތިމާއީ ގޮތުން ދިމާވި ވަރަށްގިނަ ގޮންޖެހުންތައްވެސް އެބަހުރި ކަމަށެވެ. އަދި ސައީދު ވިދާޅުވީ 52 ހަފްތާތެރޭގައި މިވަނީ ފާހަގަކުރެވުނު ބަދަލުތައް ގެނަވިފައިކަމަށެވެ.
މިއީ މިއަދުގެ ސަރުކާރަށް ގެނަވުނު މުހިންމު ބަދަލެއް ކަމަށާއި، އެހެންކަމުން ކުރިއަށްއޮތްތާގައި ފެންނާނީ ބެންކުގެ، ނިޒާމް އިތުރަށް ހަރުދަނާ ކުރެވިގެންދާތަން ކަމަށެވެ.

