އައްޑޫ ސިޓީގެ މަރަދޫގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި، ދެ މީހަކަށް އަނިޔާވެގެން ފަރުވާދޭން ފަށައިފިއެވެ.
ފުލުހުންގެ ޚިދުމަތުން ބުނީ މިއަދު ހަވީިރު މަރަދޫގައި ދެ ސައިކަލެއް ޖެހި އެކްސިޑެންޓެއް ހިނގާފައިވާ ކަމަށެވެ.
މި އެކްސިޑެންޓް ހިނގީ މަރަދޫ ޖަސްޓް ޓީ ކުރިމަތިން ކަމަށާއި، މި އެކްސިޑެންޓުގައި ދެ މީހަކަށް އަނިޔާވެފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ އެ ދެ މީހުންނަށް ފަރުވާދިނުމަށް އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށާއި، އެކްސިޑެންޓްގެ މައްސަލަ ތަހުގީގުކުރަމުންދާ ކަމަށެވެ.

