ދިވެހިރާއްޖެ އަދި މުޅި ދުނިޔެއަށްވެސް ދިމާވެފައިވާ ސިއްޙީ އެންމެ ބޮޑު ގޮންޖެހުމަކީ ދުމާއި ދުންފަތުގެ ބާވަތްތައް ބޭނުންކުރާ މީހުންގެ އަދަދު އިތުރުމުގެ ސަބަބުން ކުރިމަތިވާ މައްސަލަތަކެވެ. މިއީ މިއަދަކު އިއްޔެއަކު ހިނގާކަމެއްނޫނެވެ. ޒަމާނުއްސުރެ ފެށިގެން އޮންނަ މައްސަލައެއް ނަމަވެސް، ފަހަކަށް އައިސް މިކަމުގެ ނުރައްކާތެރިކަން އިތުރުވެފައިވާ މިންވަރު ބޮޑެވެ.
އެކި އުމުރުފުރާތަކުގެ މެދުގައި މި ނުރައްކތެރިވަބާ ވަނީ އާންމުވެފައިވާއިރު ރާއްޖޭގައި އުމުރުން 9 އަހަރުންފެށިގެން މިނުރައްކާތެރި ވަބާއަށް މީހުން ހުށަހެޅެއެވެ. މިއީ އެކި ޒާތްޒާތުގެ ބާވަތްތައް ބޭނުންކޮށްގެން ކުރެވޭ އަމަލަކަށް މި އަމަލުވަނީ ވެފައެވެ. ޒުވާނުންނާއި ކުޑަކުދިންގެ މެދުގައި މި ވަބާ އިތުރުވަމުން ދިއުމަކީ ކަންބޮޑުވާންޖެހޭ ކަމެއްކަމަށް ސިއްހީ މާހިރުވެސް ދަނީ ތަކުރާރުކޮށް ބުނަމުންނެވެ. ސަބަބަކީ މިކަމުގައި ކުޑަކުދިންވެސް ޝާމިލުވާލެއް އިތުރުވެފައިވާތީވެސްމެއެވެ.

ދުމާއި ދުންފަތުގެ ބާވަތްތައް ހުއްޓާލެވޭނެ
ދުމާއި ދުންފަތުން އުފައްދާ ސިނގިރޭޓު އަދި ބިޑިއާއި، މިހާރު ބޭނުންކުރާ ވޭޕް ވެސް ޒަމާނުއްސުރެ ރާއްޖޭގައި އެންމެ އާންމު އެއް ބާވަތެވެ. މީގެ ތެރެއިން ވޭޕް އަކީ ފަހުގެ އާލާތްތައް ބޭނުން ކޮށްގެން އުފައްދފައިވާ އެއްޗެއް ނަމަވެސް އޭގެންލިބޭ ގެއްލުންވަކި ކުޑައެއްނޫނެވެ. ނަމަވެސް ފަހަކަށް އައިސް ވޭޕާއި އެކި ކަހަލަ އިލެކްޓްރޯނިކް ސިނގިރޭޓް މިވަނީ "ސަޅި" ކަމެއްގެ ގޮތުގައި މުޖުތަމައަށް ތައާރަފްވެފަ އެވެ. ވޭޕް ބޭނުން ނުކުރާނަމަ އެއީ ބޭކާރުމީހެއްގެ ގޮތުގައި ލޭބަލްކުރައެވެ.
ދުންފަތަކީ ކޮބާ؟ އަދި ދުންފަތް ބޭނުންކުރާ ގޮތާއި އެ އުފައްދާފައިވާ ގޮތަށްބަލާއިރު މިއީ "ތަންބާކޫ" ނަމަކަށް ކިޔާ ގަހުގެ ފަތްތައް ހިއްކައިގެ ތައްޔާރުކުރާ އެއްޗެކެވެ. މީގައި ހިމެނޭ ނިކޮޓިންއޭކިޔާ އެއަށްދެވިހިފާ މާއްދާއެއްވެއެވެ. އަދި އެމާއްދާގެ ސަބަބުން މިހާ އެއަށްއެޑިކްޓްވާން މެދުވެރިވެސްވެއެވެ.
ސިއްހީ މާހިރުން ފާހަގަކޮށްފައިވާ ގޮތުން ދުންފަތުގައި 7000 އަށްވުރެ ގިނަ ކެމިކަލްތައް އެކުލެވިގެންވެއެވެ. އޭގެ ތެރެއިން 70 އަށްވުރެ ގިނަ ކެމިކަލްތަކަކަކީ ކެންސަރުގެ ނުރައްކާތެރި ބަލި މީހާއަށް ޖެހުމަށް މަގުފަހިވާ ބާވަތެކެވެ. ދުންފަތުގައި އެކުލެވޭ ބައެއް ކެމިކަލްތަކުގެ ތެރޭގައި ނިކޮޓިން، ކާބަން މޮނޮކްސައިޑް ފަދަ ބާވަތްތައް ހިމެނެއެވެ.
ދުންފަތުގައި ގިނަ ކެމިކަލްތައް އެކުލެވޭއިރު، ވިހައެތައް މާއްދާތަކެއް ހިމެނެއެވެ. ފުއްޕާމެއާއި ހިތުގެ ބަލިތަކުގެ އިތުރުން ކެންސަރަށް ވެސް މަގުފަހިކުރުވައެވެ. ސިނގިރޭޓަކީ އޭގެ ދުމުން ކައިރީގައި ތިބޭ މީހުންގެ ސިއްހަތަށް ވެސް ނޭދެވޭ އަސަރު ފޯރުވާ ނުރައްކާތެރި އެއްޗެކެވެ. އަދި އެ ބޭނުންކުރާ މީހާގެ އިތުރުން ކައިރީގަތިބޭ މީހުންނަށްވެސް އޭގެ ނުރައްކާ އިންތިހާއަށްބޮޑެވެ.
ސިނގިރޭޓާ ހިލާފަށް ވޭޕްގައި ބޭނުންކުރަނީ ވަކި ބާވަތައް އެކުލަވައިގެންނެވެ. އޭގައިއެކި ވައްތަރުގެ ރަހަތައް އެކުލެވެއެވެ. ގިނަ ފްލޭވާރތައް އެކުލެވޭ މިވައްތަރުތަކުގައި ނިކޮޓިން ވެސް ހިމެނެއެވެ. މިއީ ވެސް ސިގްޜޭޓަށްވުރެ މާ ނުރައްކާބޮޑު އެއްޗެކެވެ.
ވޭޕްގެ އާލަތް ސިއްހަތަށް ގެއްލުންބޮޑުވާއިރު، އަދި ސިގްރޭޓަށް ވުރެ ފަސޭހައިން އެއަށް ދެވިހިފާނޭހެން އެވަނީ އުފައްދާފައެވެ. މި އާލާތް އުފައްދާފައިވާ ގޮތުން ސިނގިރޭޓަށް ވުރެ ގެންގުޅެންވެސް ފަސޭހެއެވެ. އެހެންކަމުން ގިނަ ބަޔަކު ވޭޕަށްދާ ސަބަބެއް ކަމަށްމިކަން ވެއެވެ.
ނަމަވެސް ސިއްހީ މާހިރުން ބުނަނީ މިކަމަށް ހުއްޓޭނެ މަގު އެބައޮތް ކަމަށާއި މިއީ ހުއްޓާލެވޭނެ އާދައެއް ކަމަށެެވެ. އަދި މިހާރު ރާއްޖޭގައި އެންމެ ގިނައިންވެސް ފެންނަމުންދަނީ ކެންސަރު ބައްޔެވެ. އެހެންކަމުން މިބަލިން މީހާ ސަލާމްތްވުމަށްވެސް ސިގްރޭޓުން ދުރުވާން ޖެހެއެވެ. މިއީ ހުއްޓުވިދާނެ ކަމެއްކަމަށް ބުނާ ބުނުމުގެ އަޖުމަ ބަލާލަމާ ހިނގާށެވެ.

