އަންނަ އަހަރު ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގ އަދަދު 2.2 މިލިޔަނަށް އަރާނެކަމަށް ސަރުކާރުން ލަފާކޮށްފިއެވެ.
2025ވަނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހަޅާފައިވާ ދައުލަތުގެ ބަޖެޓުގައި އަންނަ އަހަރުތެރޭ 2.2 މިލިޔަން ފަތުރުވެރިން ރާއްޖެއަށް އަންނާނެ ކަމަށް ހިމަނާފައިވާއިރު، ފަތުރުވެރިކަމުގެ ބެޑް ނައިޓްސް ހުންނާނެ ކަމަށް ބެލެވެނީ 14.2 މިލިޔަންގައެވެ. މީގެ އިތުރުން، ފަތުރުވެރިކަމުގެ ބެޑް ނައިޓްސް 14.2 މިލިއަނުގައި ހުންނާނެ ކަމަށްވެސް ބަޖެޓުގައި ބަޔާން ކޮށްފައި ވެއެވެ.
މި އަހަރަށް ސަރުކާރުން އަމާޒު ހިފާފައިވަނީ 2 މިލިއަން ފަތުރުވެރިން ރާއްޖެއަށް ގެނައުމަށެވެ. އެހެންކަމުން، އަންނަ އަހަރަށް ލަފާކޮށްފައިވާ އަދަދަކީ މި އަހަރަށްވުރެ 2 ލައްކަ އިތުރު އަދަދެކެވެ.
ފަތުރުވެރިންގެ އަދަދު އިތުރުވާނެ ކަމަށް ލަފާކުރެވެނީ އަންނަ އަހަރު ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އައު ޓަރމިނަލް ހުޅުވުމާ ގުޅިގެންނެވެ. މި އައު ޓަރމިނަލަކީ 78,000 އަކަފޫޓުގެ ބޮޑު ސަރަހައްދެއްގައި ތަރައްޤީކުރެވޭ، އަހަރަކު 7 މިލިއަން ފަސިންޖަރުންނަށް ޚިދުމަތް ދެވޭނެ ފެންވަރުގެ ޒަމާނީ ވަސީލަތްތަކާ އެކު ތައްޔާރުކުރެވޭ ޓަރމިނަލެކެވެ.
އައު ޓަރމިނަލްގައި އެއިރޯ ބޯޑިން ބްރިޖްތަކާއި، އެންމެ ފަހުގެ ޒަމާނީ ބެގޭޖް ހޭންޑްލިން ސިސްޓަމްތައް ހިމެނޭނެއެވެ. މީގެ އިތުރުން، ގިނަ އެފް އެންޑް ބީ އައުޓްލެޓްތަކާއި، ރީޓެއިލް ސްޕޭސްތަކާއި، ލައުންޖްތަކާއި އެހެނިހެން ޚިދުމަތްތައް ޤާއިމުކުރުމަށް ވަނީ ހަމަޖެހިފައެވެ.

