ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްއާއި އަޒަރުބައިޖާންގެ ވެރިރަށް ބާކޫ އިން ވެލާނާ އިންޓަނޭޝަނަލް އެއާރޕޯޓް ( ވީއައިއޭ) އަށް އަޒަރުބައިޖާން އެއަރލައިންސްގެ ސިދާ ދަތުރުތަށް މިއަދު ފަށައިފިއެވެ.
އަޒަރުބައިޖާންގެ އެއާލައިންސްގެ ފުރަތަމަ ފްލައިޓް ވެލާނާ އެއާޕޯޓަށް ޖައްސާފައިވަނީ މިއަދު 45: 9 ގައެވެ. ބާކޫއާއި، ވިއައިއޭ ދެމެދު ހަފްތާއަކު ދެފަހަރު ފްލައިޓް އޮޕަރޭޝަން ވަނީ ނިންމާފައެވެ. ވިއައިއޭއިން ބުނީ މިދަތުރުތަކުގައި ބޭނުންކުރާނީ އެއާރބަސް ބީ787 މަރުކާގެ މަތިންދާބޯޓެވެ.
މި ފްލައިޓްއަށް މަރުހަބާކިޔުމުގެ ގޮތުން ވަނީ ރަސްމިއްޔާތެއް ބާއްވާފައެވެ. އެ ރަސްމިއްޔާތުގަ މޯލްޑިވްސް އެއާޕޯޓ ކޮމްޕެނީގެ ލިމިޓެޑް (އެމްއޭސީއެލް) ގެ ސީއީއޯ އަދި މެނޭޖިން އިބްރާހީމް ޝަރީފް މުހައްމަދު ޑެޕިއުޓީ މިނިސްޓާރ ލަމްއާންއާއި ޑެޕިއުޓީ މެނޭޖިން ޑިރެކްޓާރ މުޖުތަބާ ލަތީފްގެ އިތުރުން ކުންފުނީގެ އިސްބޭފުޅުން ބައިވެރިވެ ވަޑައިގެންނެވިއެވެ.
އެމްސީއެލްގެ ޗީފް ކޮމާޝަލް އޮފިސާރ މުހައްމަދު ވިދާޅުވީ މި އާ ރޫޓްގެ ސަބަބުން ދެ ގައުމުގެ ސަބަބުން ދެ ގައުމުގެ ދަތުރުފަތުރުގެ ގުޅުން ވަރުގަދަވެ އަޒަރުބައުޖާންއިން ޒިޔާރަތްކުރާ ފަތުރުވެރިންނަށް ދަތުރުކުރުމަށް މަގުހުޅުވިގެންދާނެ ކަމަށެވެ.
އަޒަރުބައިޖާން އެއާލައިންގެ ޗީފް ކޮމާޝަލް އޮފިސާރ ޖަމީލް މަނިޒާޑޭ ވިދާޅުވީ ވިންޓާރ ސީޒަންގައި ދިވެހި ރާއްޖެފަދަ މަގްބޫލް މަންޒިލަކަށް ސީދާ ދަތުރުތައް ފެށުމަކީ ފަތުރުވެރިކަމަށް ލިބޭނެ ބޮޑު ފަސޭހައެއް ކަމަށެވެ.

