ޕީއެންސީއަކީ މިރާއްޖޭގެ ގިނަ ރައްޔިތުން ބަލައިގެންޕާޓީއެއް ކަމަށާއި، ޕީއެންސީއަށްވުރެ ވަކި މަޝްހޫރު ޕާޓީއެއް މިރާއްޖޭގެނެތް ކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފު އުމަރު ވިދާޅުވެއްޖެއެވެ.
އާދަމް ޝަރީފް އުމަރު މިހެންވިދާޅުވީ ސަރުކާރު ހިންގާ މައި ޕާޓީ، ޕީއެންސީއަށް މެންބަރުން އިތުރު ކުރުމަށް ކުރިއަށްގެންދާ ހަރަކާތްތަކުގައި މީޑިއާއަކަށް ދެއްވި އިންޓަވިއުއެއްގައެވެ. މިނިސްޓަރު ވިދާޅުވީ އެޕާޓީއަކީ އެއްވިސްނުމެއްގައި އެއްފިކުރެއްގަ އެއް ފިލޯސަފީއެއްގަ ކުރިއަށްދާ ޕާޓީއެއް ކަމަށެވެ. އަދި މިހާރވެސް ފެންނަމުންދަނީ އެޕާޓީއާއި އެކު ރައްޔިތުން ކުރިއަށްދާން ބޭނުންވާ މަންޒަރު ކަމަށެވެ.
” މިހާ ހިސާބަށް އާދެވުނުއިރު ފެންނަނީ ވަރަށްބޮޑަށް ޕާޓީ ކުރިއަރާފައިވާ މަންޒަރު. ބޭނުންވާ މެމްބަރުންގެ އަދަދު ވަރަށް އަވަހަށް ހާސިލް ކުރެވޭނެ. މިއަށްވުރެ ވަކި މަޝްހޫރު މިއަށްވުރެ ވަކި ކުރުމުއްދަތެއްގެ ތެރޭގަ ވެރިކަމަށްއައި ޕާޓީއެއްނޯންނާނެ.” އާދަމް ޝަރީފް އުމަރު
މީގެ އިތުރުން މިނިސްޓަރު ވިދާޅުވީ ކުރިއަށްގެންދާ ހަރަކާތްތަކުގައި ބައިވެރިވަމުންދާ ސަޕޯޓަރުންގެ ވިސްނުމަކީ އެ ޕާޓީގެ މެންބަރުންގެ އަދަދު އެއް ލައްކައަށް އެރުވުން ކަމަށާއި ވަރަށް އަވަހަަށް ނަތީޖާ ނެރެވޭނެ ކަމަށެވެ. އެޕާޓީގެ އަމާޒަކީ ނޮވެމްބަރުގެ ނިޔަލަށް ޕީއެންސީއަށް 75،000 މެމްބަރުން ހަމަކުރުމެވެ. މިހާރު ކުރިއަށްގެނދަނީ އެހަރަކާތެވެ.
މީގެ އިތުރުން މިނިސްޓަރު ވިދާޅުވީ ޕާޓީގެ ލީޑާޝިޕްގެ ހުރިހާ ބޭފުޅުންނާއި ހާއްސަކޮށް ރައީސް ޑރ. މުއިއްޒު ޒައާމަތުގައި އެމަނިކުފާނުގެ ވިސްނުންފުޅާއި އެއްކޮށް ކުރިއަށްދިއުމުގެ ނަތީޖާއަކީ ޕާޓީއަށް ބޮޑު ކާމިޔާބީއެއް ލިބުން ކަމަށާއި، ނަތީޖާ ދަނީ ފެންނަމުން ކަމަށެވެ. އަދި އެ ޕާޓީއަކީ ރައްޔިތުންގެ ޕާޓީއެއްގެ ގޮތުގައި މަސައްކަތް ކުރާނެ ކަމަށެވެ.

