ރާއްޖޭގެ އިސްތިގުލާލު ރަނގަޅުކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ގެންދަވަނީ ގާނޫނުގެ އެތެރެއިންނާއި ބޭރުން މަސައްކަތް ކުރައްވަމުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ވިލިމާލޭ ދާއިރާގެ މެމްބަރު މުހައްމަދު އިސްމާއީލް ވިދާޅުވެއްޖެއެވެ.
މުހައްމަދު އިސްމާއީލް ވިދާޅުވީ ރާއްޖޭހެ ތަރައްގީއާއި އިސްތިގާލާލާއި އިޖްތިމާއީ ފޭރާން ރަނގަޅު ކުރުމައްޓަކާ ރައީސް މުއިއްޒު ގެންދަވަނީ ރަނގަޅު މަސައްކަތެއް ކުރައްވަމުން ކަމަށާއި، އަދި އެ ފިޔަވަޅުތައް ރައްޔިތުންތިބީ ބަލަން ކަމަށެވެ. އެހެންކަމުން މި ސަރުކާރުގެ މަސައްކަތްތައް ރައްޔިތުންނަށް ފެންނަ ކަމަށެވެސް ވިދާޅުވިއެވެ.
އިސްމާއީލް މުހައްމަދު މިފަދައިން ވިދާޅުވީ ޕީއެންސީ އަށް މެމްބަރުން އިތުރުކުރުމަށް މިއަދު ހައުސް އޮފް ޕީއެންސީގަ ކުރިއަށްގެންދިޔަ ހަރަކާތުގައި ވާހަކަދައްކަވަމުންނެވެ. އެގޮތުން ވިދާޅުވީ މިއަދު މި ފެންނަނި ހަމަޖެހޭ މުޖުތަމައުއެއްގެ ތެރޭގައި މަސައްކަތް ކުރެވެމުންދާތަން ކަމަށާއި، މީގެ ކުރީގެ ހާލަތާއި މިހާރުގެ ހާލަތު ތަފާތު ކަމަށެވެ. ޑިމޮރެސީ ތައާރަފްވެގެންއައި އިރާއި މިހާރު ވަރަށްވެސް ތަފާތު ކަމަށް މުހައްމަދު އިސްމާއީލް ވިދާޅުވިއެވެ.
” ޑިމޮކްރެސީ ތައާރަފްވެގެން އައިރު ފެނުނީ ވަރަށް ބޮޑަށް ބައިބައިވުން އޮތްތަން މިހާރު އެ މަންޒަރު ނެތްފެންނާކަށް. ކުރީގެ މި މައްސަލައަށް ބޮޑު ހައްލެއް މިހާރުވަނީ ލިބިފަ” މުހައްމަދު އިސްމާއީލް
މީގެ އިތުރުން ފާހަގަކުރެއްވީ ރައީސް މުއިއްޒުގެ ވެރިކަން އައިފަހުން ތަފާތު ފެންނަން ފަށާފައިވާ ކަމަށާއި، މި ސަރުކާރަކީ ތަފާތު ދައްކާނެ ސަރުކަރެއް ކަމަށެވެ. އެހެންކަމުން ރައްޔިތުން މިއަދުގެ ސަރުކާރަށް އާބަސްބުނަން ޖެހޭ ކަމަށާއި، ކެތްތެރިކަމާއެކު މިއަދުގެ ސަރުކާރަށް އާބަސްބުނަންޖެހޭ ކަމަށެވެ.

