ހުޅުމާލެ ނެރު ކައިރިން ދެ ލޯންޗެއްޖެހި އެކްސިޑެންޓެއް ހިނގައިފިއެވެ.
ފުލުހުން ބުނީ ލޯންޗެއްޖެހި އެކްސިޑެންޓެއް ހިނގާފައިވަނީ މިރޭގެ ވަގުތެއްގައި ކަމަށާއި، ދެ ލޯންޗުގެ ތެރެއިން އެއް ލޯންޗުގައި ތިބި ދެމީހަކަށް އަނިޔާވެފައިވާ ކަމަށެވެ. އެއީ ދެ ފިރިހެން ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.
މިމީހުންނަށް އަނިޔާވެގެން ހުޅުމާލޭ ހޮސްޕިޓަލގައި ފަރުވާދެމުންދާ ކަމަށްވެސް ފުލުހުންވަނީ ބުނެފައި ވެއެވެ.
ސީންގައި ފުލުހުން ގެންދަނީ ހަރަކާތްތެރިވަމުން ކަމަށްވެސް ފުލުހުން ބުނެއެވެ.

