ކޮވިޑް-19 ބަލިމަޑުކަމުގެ ތެރޭގައި ދަތުރުފަތުރަށް ހުރަސްއެޅުނު ދުވަސްވަރު ނިމި، މަތިންދާބޯޓުގެ ޚިދުމަތްތައް އަލުން އާރާސްތުވަމުން އަންނައިރު، ބައެއް އެއަރލައިންތަކަށް މި ހާލަތާ ކުރިމަތިލުމުގައި އިތުރު ކާމިޔާބީތަކެއް ލިބިފައިވެއެވެ. ދުނިޔޭގެ އެންމެ ބިޒީ 10 އެއަރޕޯޓަށް ބަލާއިރު، އެންމެ މަޤްބޫލު މަންޒިލްތަކަށް މާބޮޑު ބަދަލެއް އައިސްފައި ނުވާކަން ފާހަގަކުރެވެއެވެ.
2020 ވަނަ އަހަރުގެ ކުރިން ރެކޯޑުކުރެވުނު ފަސިންޖަރުންގެ އަދަދަށް ގިނަ އެއަރޕޯޓުތަކުން އަދިވެސް ވާސިލުވެފައި ނުވިނަމަވެސް، ކުރީގެ ލިސްޓުގައި ހިމެނުނު ގިނަ އެއަރޕޯޓުތައް މިހާރުވެސް އެ ލިސްޓުގައި ހިމެނެއެވެ. މީގެ ތެރެއިން 5 އެއަރޕޯޓަކީ އުތުރު އެމެރިކާގެ އެއަރޕޯޓުތަކެވެ. މިއީ އެ ސަރަޙައްދުގެ ދަތުރުފަތުރުގެ ދާއިރާގެ ކުރިއެރުން ދައްކުވައިދޭ ކަމެކެވެ.ނަމަވެސް، މި ލިސްޓުގައި ޔޫރަޕްގެ ހަމައެކަނި 2 އެއަރޕޯޓެއް ހިމެނިފައިވާއިރު، ބާކީ ހުރި އެއަރޕޯޓުތަކަކީ އޭޝިއާގެ އެއަރޕޯޓުތަކެވެ. މިއީ އޭޝިއާ ސަރަޙައްދުގެ ދަތުރުފަތުރުގެ ދާއިރާގެ ދެމެހެއްޓެނިވި ކުރިއެރުން ދައްކުވައިދޭ ކަމެކެވެ.
އެހެންކަމުން، އަހަރަކު އެންމެ ގިނަ ފަސިންޖަރުން ބޭނުންކުރާ ދުނިޔޭގެ އެންމެ ބިޒީ 10 އެއަރޕޯޓުގެ ފުރިހަމަ ލިސްޓަށް އަޅުގަނޑުމެން ބަލާލާނަމެވެ. މި ލިސްޓު އެކުލަވާލެވިފައިވަނީ އެ އެއަރޕޯޓުތަކުން އަމިއްލައަށް ހާމަކޮށްފައިވާ ތަފާސްހިސާބުތަކާއި އެއަރޕޯޓު ކައުންސިލް އިންޓަނޭޝަނަލްގެ ތާރީޚީ މަޢުލޫމާތުތަކަށް ބިނާކޮށެވެ.
10- އިންދިރާ ގާނދީ އިންޓަނޭޝަނަލް އެއަޕޯޓް

އިންދިރާ ގާނދީ އިންޓަނޭޝަނަލް އެއަރޕޯޓް
އިންދިރާ ގާންދީ އިންޓަރނޭޝަނަލް އެއަރޕޯޓަކީ ޓޮޕް 10 ގެ ތެރޭގައި ހިމެނޭ ހަމައެކަނި އިންޑިއާގެ އެއަރޕޯޓެވެ. މިއީ އިންޑިއާގެ ވެރިރަށް ނިއު ދިއްލީގެ މައި އެއަރޕޯޓެވެ. ނަމަވެސް 2022 އާ އަޅާބަލާއިރު ޓްރެފިކް އިތުރުވެފައިވީ ނަމަވެސް، ލިސްޓުގައި އެއް ދަރަޖަ ވަނީ ދަށަށް ވެއްޓިފައެވެ.
2023 ވަނަ އަހަރު މި އެއަރޕޯޓުގެ ޓްރެފިކް ވަނީ ކޮވިޑްގފެ އަދަދަށްވުރެ 5% އިތުރުވެފައެވެ. މިއީ އިންޑިއާގެ އެތެރޭގެ ވައިގެ ދަތުރުފަތުރުގެ މާރކެޓް ކުރިއަރަމުން ދިއުމުގެ ސަބަބުންނެވެ. އަދި މި އެއަރޕޯޓުގެ ޖާގައިގެ ދަތިކަން ކުރިމަތިވަމުން ދާތީ، އިންޑިއާ ސަރުކާރުން ވަނީ 2021 ގައި ދިއްލީއަށް އިތުރު އެއަރޕޯޓެއް ކަމުގައިވާ ނޮއިޑާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ މަސައްކަތް ފަށާފައެވެ.
9-ޗިކާގޯ އޯހެއަރ އިންޓަރނޭޝަނަލް އެއަރޕޯޓް (އޯއާރްޑީ)، އެމެރިކާ: 73.9 މިލިއަން

ޗިކާގޯ އޯހެއަރ އިންޓަރނޭޝަނަލް އެއަރޕޯޓް (އޯއާރްޑީ)
ޓޮޕް 10 ލިސްޓުގައި ހިމެނޭ އެމެރިކާގެ 5 އެއަޕޯޓުގެ ތެރެއިން ފުރަތަމަ އެއަރޕޯޓަކީ ޗިކާގޯ އޯހެއަރ އިންޓަނޭޝަނަލް (ORD) އެވެ. މި އެއަރޕޯޓް 2022، 2021 އަދި 2019 ވަނަ އަހަރު ހަތަރުވަނަ ގޮތުގައި އޮތް ނަމަވެސް، މިހާރު ޓޮޕް 10 ތެރޭގައި ކުޑަކޮށް ދަށަށް ގޮސްފައިވެއެވެ. އަދި 1963 އިން 1998 އަށް ދުނިޔޭގެ އެންމެ ބިޒީ އެއަޕޯޓުގެ ގޮތުގައި އޮތީ މިއެއަޕޯޓެވެ.
2019 ގެ އަދަދުތަކާ އަޅާބަލާއިރު 13% އަށް ވުރެ ގިނައިން ދަށްވެފައިވެއެވެ. އަދި 2022 އާއި 2023 އާ ދެމެދު ވެސް ޓްރެފިކް އިތުރުވެފައިވަނީ އެންމެ 8% އެވެ. މި ބަނދަރު މެދުވެރިކޮށް ދަތުރުކޮށްފައިވަނީ 73،894،226 ފަސިންޖަރުންނެވެ.
8- ލޮސް އެންޖެލެސް އިންޓަރނޭޝަނަލް އެއަރޕޯޓް (އެލް.އޭ.އެކްސް)، އެމެރިކާ: 75.1 މިލިއަން

ލޮސް އެންޖެލެސް އިންޓަރނޭޝަނަލް އެއަރޕޯޓް (އެލް.އޭ.އެކްސް)، އެމެރިކާ:
ގިނަ ބަޔަކަށް އެނގޭނެ ނަމުން މަޝްހޫރު ލޮސް އެންޖެލެސް އިންޓަރނޭޝަނަލް އެއަރޕޯޓަކީ ފަހަރުގައި ދުނިޔޭގެ އެންމެ މަޝްހޫރު އެއަރޕޯޓުތަކުގެ ތެރެއިން އެއް އެއަރޕޯޓަށް ވެދާނެއެވެ. އަދި ދުނިޔޭގެ އެންމެ ބިޒީ 10 އެއަރޕޯޓުގެ ތެރޭގައި ހިމެނޭ އެންމެ މަގުބޫލު އެއް އެއަޕޯޓެވެ.
ކޮވިޑް ޕެންޑެމިކް ތެރޭގައި ދަށްވި ނަމަވެސް 2022 އިން 2023 އަށް ޓްރެފިކް 14% އިތުރުވެ، 2023 ގައި 75,050,851 ފަސިންޖަރުން ދަތުރުކޮށްފައިވެއެވެ.
7- އިސްތަންބޫލް އެއަރޕޯޓް (އައި.އެސް.ޓީ)، ތުރުކީ: 76.2 މިލިއަން

އިސްތަންބޫލް އެއަރޕޯޓް (އައި.އެސް.ޓީ)، ތުރުކީ
އިސްތަންބޫލް އެއަރޕޯޓް (އައި.އެސް.ޓީ) ވަނީ 2022 ވަނަ އަހަރުގެ ލިސްޓުގައި ވެސް ހިމެނިފައެވެ. މިއަހަރު ދަތުރުވެރިންގެ އަދަދަށް ގާތްގަނޑަކަށް 12 މިލިއަން ފަސިންޖަރުން ވަނީ އިތުރުވެފައެވެ. މިއީ ވޭތުވެދިޔަ 12 މަސްދުވަހު ވައިގެ ދަތުރުފަތުރުގެ ދާއިރާގައި ދުނިޔޭގެ ފެންވަރުގައި އައިސްފައިވާ ކުރިއެރުން ދައްކުވައިދޭ ކަމެކެވެ. މިއީ ޔޫރަޕާއި، އޭޝިޔާ އަދި އެފްރިކާގެ މެދުގައި އޮންނަ ލޮކޭޝަނެއްގެ ސަބަބުން، ޓޫރިސްޓް މަންޒިލެއްގެ ގޮތުގައި ތުރުކީގެ މަޤްބޫލުކަމުން ލިބޭ މާކެޓެކެވެ. 2023 ވަނަ އަހަރު މި އެއަރޕޯޓުން 76،236،980 ފަސިންޖަރުން ވަނީ ދަތުރުކޮށްފައެވެ. މި އެއަރޕޯޓް ހުޅުވުނީ 2018 ގައި، ޖާގައިގެ ގޮތުން ފުރިފައިވާ އަތަތުރކް އެއަރޕޯޓުގެ ބަދަލުގައެވެ.
6- ޑެންވަރ އިންޓަރނޭޝަނަލް އެއަރޕޯޓް (ޑީ.އީ.އެން)، އެމެރިކާ: 77.8 މިލިއަން

ޑެންވަރ އިންޓަރނޭޝަނަލް އެއަރޕޯޓް (ޑީ.އީ.އެން)،
1995 ގައި ހުޅުވުނު ނަމަވެސް، ޑެންވަރ އިންޓަރނޭޝަނަލް އެއަރޕޯޓް (ޑީއީއެން) ވަނީ 2000 އިން ފެށިގެން ކޮންމެ އަހަރަކުވެސް ދުނިޔޭގެ އެންމެ ބިޒީ 20 އެއަރޕޯޓުގެ ތެރޭގައި ހިމެނިފައެވެ. އަދި ކޮވިޑް-19 ބަލިމަޑުކަމުގެ ދަތި ދުވަސްވަރުގައިވެސް އެހެން އެއަރޕޯޓުތަކަށްވުރެ ރަނގަޅަށް ކަންކަން ބެލެހެއްޓިފައިވެއެވެ. 2020 ވަނަ އަހަރު އެއަރޕޯޓުގެ ޓްރެފިކް 50 އިންސައްތައަށްވުރެ ބޮޑަށް ދަށްވި ނަމަވެސް، 33.7 މިލިއަން ފަސިންޖަރުންނާއެކު ޓޮޕް 10 ގެ ތެރޭގައި ތެރޭގައި ހިފަހައްޓާފައިވެއެވެ. އަދި މިހާރު ވަނީ 2019 ގެ 69 މިލިއަނަށްވުރެ ގިނަ ފަސިންޖަރުންގެ އަދަދު ފަހަނައަޅާ ގޮސްފައެވެ. 2023 ގައި 77،837،917 މީހުން ދަތުރުކޮށްފައިވެއެވެ.
5- ޓޯކިޔޯ ހަނެދާ އިންޓަރނޭޝަނަލް އެއަރޕޯޓް (އެޗް.އެން.ޑީ)، ޖަޕާން 78.7 މިލިއަން

5- ޓޯކިޔޯ ހަނެދާ އިންޓަރނޭޝަނަލް އެއަރޕޯޓް (އެޗް.އެން.ޑީ)، ޖަޕާން 78.7 މިލިއަން
ޓޯކިޔޯ ހަނެދާ އިންޓަރނޭޝަނަލް އެއަރޕޯޓް (އެޗް.އެން.ޑީ) އަކީ މިލިސްޓުގައި ހިމެނޭ އެއަރޕޯޓުތަކުގެ ތެރެއިން 2022 އިން ފެށިގެން އެންމެ ބޮޑު ކުރިއެރުމެއް ލިބިފައިވާ އެއަރޕޯޓްއެވެ. އެންމެ އަހަރެއްގެ ތެރޭގައި 16 ވަނައިން 5 ވަނައަށް ޖެހުނުއިރު މި އެއަރޕޯޓަށް އިތުރު 28 މިލިއަން ފަސިންޖަރުން ދަތުރުކޮށް، 55 އިންސައްތައިގެ ކުރިއެރުމަކާއެކު 2023 ވަނަ އަހަރު 78،719،302 ފަސިންޖަރުން ޖުމްލަ ދަތުރުކޮށްފައިވެއެވެ. 2018 ގައި 87 މިލިއަނަށްވުރެ ގިނަ ފަސިންޖަރުން ރެކޯޑުކުރެވުނު އިރު، ފަހުން ކުރެވުނު ތަރައްޤީތަކާއެކު އަހަރަކު 90 މިލިއަން ފަސިންޖަރުންގެ ދަތުރުކުރާނެ ކަމަށް ލަފާކޮށްފައިވެއެވެ.
މިލިސްޓުގައި ހިމެނޭ އެންމެ ޒަމާންވީ އެއަރޕޯޓުތަކުގެ ތެރެއިން އެއް އެއަރޕޯޓް އަކީ މިއީއެވެ. ހުޅުވުނީ 1931 ގައި 300 މީޓަރުގެ ކުޑަ ރަންވޭއަކާއި އެއް ޓާމިނަލްއާ އެކުގައެވެ. އޭގެ ފަހުން ގިނަ ފަހަރު މަތިން ތަރައްޤީކުރެވި، މިހާރު 15.2 ކިލޯމީޓަރުގެ ސަރަޙައްދެއްގައި 4 ރަންވޭއާއި 3 ފަސިންޖަރު ޓާމިނަލް ހިމެނޭ ބޮޑު އެއަރޕޯޓަކަށް ވެފައިވެއެވެ.
4- ލަންޑަން ހީތްރޯ އެއަރޕޯޓް (އެލް.އެޗް.އާރް)، ޔުނައިޓެޑް ކިންގްޑަމް: 79.2 މިލިއަން

ލަންޑަން ހީތްރޯ އެއަރޕޯޓް (އެލް.އެޗް.އާރް)،
ލަންޑަނަށް ޚިދުމަތްދޭ 6 އެއަރޕޯޓުގެ ތެރެއިން ހީތްރޯ (އެލް.އެޗް.އާރު) އެންމެ މަގުބޫލު އެއަޕޯޓްގެ ގޮތުގައި ހިމެނިފައެވެ. ޕެންޑެމިކްގެ ކުރިން ހުރި މިންވަރަށް ދަތުރުވެރިންގެ އަދަދު އާދެވިފައި ނުވި ނަމަވެސް، 2019 އާއި 2021 އާ ދެމެދު ދަތުރުވެރިންގެ އަދަދު 75% އަށްވުރެ ބޮޑަށް ދަށްވުމަށްފަހު، ވަރަށް ބާރު ސްޕީޑެއްގައި އަނބުރާ ކުރީގެ ޓާގެޓަށް އަންނަކަން ފާހަގަކޮށްފައިވެއެވެ. 2023 ވަނަ އަހަރު މި އެއަރޕޯޓުން 79,152,000 ދަތުރުވެރިން ދަތުރުކުރިކަމަށް ރެކޯޑުކުރެވިފައިވެއެވެ. އަދި 2024 ވަނަ އަހަރު 81 މިލިއަނަށްވުރެ ގިނަ ދަތުރުވެރިން ދަތުރުކޮށް، އެންމެ ގިނަ ފަސިންޖަރުން ބޭނުންކުރި އެއަޕޯޓްގެ ގޮތުގައި ރޭންކް ކުރެވޭނެކަމަށް ބެލެވެއެވެ.
3- ޑަލަސް-ފޯޓް ވާތު އިންޓަރނޭޝަނަލް އެއަރޕޯޓް (ޑީއެފްޑަބްލިއު)، އެމެރިކާ: 81.8 މިލިއަން

ޑަލަސް-ފޯޓް ވާތު އިންޓަރނޭޝަނަލް އެއަރޕޯޓް (ޑީއެފްޑަބްލިއު)،
ދުނިޔޭގެ އެންމެ މަޝްހޫރު އެއަރޕޯޓުތަކުގެ ތެރޭގައި ހިމެނޭ ޑަލަސް-ފޯޓް ވޯތު އިންޓަރނޭޝަނަލް އެއަރޕޯޓް (ޑީއެފްޑަބްލިއު) ވަނީ 2022 އާއި 2023 އާ ދެމެދު އިތުރަށް 8 މިލިއަން ފަސިންޖަރުން ދަތުރުކޮށް، 2023 ވަނަ އަހަރު ޖުމްލަ 81،764،044 ފަސިންޖަރުން އައިސްގޮސްވެފައެވެ. ނަމަވެސް މި އެއަރޕޯޓް ވަނީ ދުނިޔޭގެ އެންމެ މަޝްހޫރު 10 އެއަރޕޯޓުގެ ލިސްޓުގައި 2 ވަނައިން 3 ވަނައަށް ވެއްޓިފައެވެ.
2- ދުބާއީ އިންޓަރނޭޝަނަލް އެއަރޕޯޓް (ޑީއެކްސްބީ)، ޔުނައިޓެޑް އަރަބް އެމިރޭޓްސް: 86.9 މިލިއަން

ދުބާއީ އިންޓަރނޭޝަނަލް އެއަރޕޯޓް (ޑީއެކްސްބީ)،
އޭޝިއާގެ އެންމެ ބިޒީ އެއަރޕޯޓުގެ ގޮތުގައި، ދުބައި އިންޓަނޭޝަނަލް (ޑީއެކްސްބީ) ހިމެނެއެވެ. މި އެއަޕޯޓަކީ އަކީ ދުނިޔޭގެ އެންމެ ބޮޑު ބެގޭޖް ހޭންޑްލިންގ ސިސްޓަމް ހިމެނޭ އަދި ޓާމިނަލް 3 އަކީ ދުނިޔޭގެ ދެވަނައަށް އެންމެ ބޮޑު އިމާރާތް ކޮށްފައިވާ އެއަރޕޯޓެކެވެ.
ޕެންޑެމިކްގެ ސަބަބުން ޓްރެފިކް 79% އަށް ދަށްވުމަށްފަހު، ވަރުގަދަ މާކެޓިންއަށްފަހު މި އެއަޕޯޓްއިން އިން 2022 އާއި 2023 އާ ދެމެދު ވަނީ 31.7% ފަސިންޖަރުން އިތުރުވެފައެވެ، 2019 ގެ 86.4 މިލިއަން ފަސިންޖަރުން ދަތުރުކުރިއެވެ. 2023 ވަނަ އަހަރު މި އެއަރޕޯޓުން 86,994,365 ފަސިންޖަރުން ދަތުރުކޮށްފައިވެއެވެ.
1- އެޓްލާންޓާ ހާޓްސްފީލްޑް-ޖެކްސަން އިންޓަރނޭޝަނަލް އެއަރޕޯޓް (އޭޓީއެލް)، އެމެރިކާ: 104.6 މިލިއަން

އެޓްލާންޓާ ހާޓްސްފީލްޑް-ޖެކްސަން އިންޓަރނޭޝަނަލް އެއަރޕޯޓް (އޭޓީއެލް)،
އެޓްލާންޓާގެ ހާޓްސްފީލްޑް-ޖެކްސަން އިންޓަރނޭޝަނަލް އެއަރޕޯޓް (އޭޓީއެލް) އަކީ އަހަރަކު ގާތްގަނޑަކަށް 100 މިލިއަން ފަސިންޖަރުން ދަތުރުކުރާ ދުނިޔޭގެ އެންމެ ބިޒީ އެއަރޕޯޓް އެވެ. އަދި 1998 އިން ފެށިގެން އެއް އަހަރު ފިޔަވައި ކޮންމެ އަހަރަކުވެސް މި ލިސްޓުގެ 1 ވަނަ ވަނީ ހާސިލްކޮށްފައެވެ.
މައިގަނޑު ގޮތެއްގައި އެމެރިކާގެ އާބާދީގެ 80% އަށް ދެ ގަޑިއިރުން ދެވުމާއި، ކަނެކްޓިންގ ހަބެއްގެ ގޮތުގައި އޮތުމުގެ ސަބަބުން، އޭޓީއެލް އަށް އޭގެ މަޤްބޫލުކަން ވަނީ އިތުރުވެފައެވެ. އަދި މިހާރު 100 މިލިއަން ކްލަބުގައި ހިމެނޭ ހަމައެކަނި އެއަރޕޯޓަކީ އޭޓީއެލް އެވެ. މި ކާމިޔާބީ އެއަރޕޯޓުން ފުރަތަމަ ޙާޞިލުކުރީ 2015 ގައެވެ. މިވަރަށް ދަތުރު ހަމައެކަނި އެއަރޕޯޓަކީ ބީޖިންގ ކެޕިޓަލް އިންޓަރނޭޝަނަލް އެއަރޕޯޓެވެ. އެ އެއަރޕޯޓުން 2018 އާއި 2020 އާ ދެމެދު ކޮންމެ އަހަރަކު 100 މިލިއަނަށް ވުރެ ގިނަ ފަސިންޖަރުންނަށް ޚިދުމަތް ދީފައިވެއެވެ.

