މިއަަދުގެ އިރު ދުނިޔެއިން ފާއްދާލީ އުފާވެރި ދުވަކަށެވެ. މިއަދަކީ ހަޔާތުގެ އެންމެ މުހިންމު ދުވަސް ކަމުގައި ދެކޭށެވެ. މިއަދު ހިނގަނީ އިއްޔެ ހިނގާފައިވާ ކަންތައްތަކެއް ނޫނެވެ. ކޮންމެ ކަމެއްވެސް ހިނގާނީ އެންމެ ރަނގަޅަށްކަމަށް ގަބޫލު ކުރާށެވެ.
ޑިޕްރެޝަން ތިބާ ވިސްނާ ވިސްނުން ބަދަލުކުރަންޖެހޭ
އަހަރެންގެ ހާލަތު ބަދަލުކޮށްލަނީ ކޮންމެވެސް ސަބަބަކާހުރެއެވެ. މިވާހަކަ އަހަރެން ދައްކާނީ ކާކު ކައިރީގައެވެ. އަހަރެންގެ އަޑު އަހާނީ ކާކު ހެއްޔެވެ.؟ ކޮންމެވެސް ގޮތަކަށް އަހަރެން މިވާހަކަތައް މީހަކަށް ކިޔައިދޭން ބޭނުންވެއެވެ. ނަމަވެސް މި ވާހަކަތައް ދައްކާފިއްޔާ އަހަރެން މޮޔައަކަށް ހަދާފާނެއެވެ. އަހަރެންނަށް އޮތް ހަމައެކަނި ގޮތަކީ ސިއްރުކުންބާއެވެ.؟ ފޮރުވާލާފަ އެކަނިއިނދެ ވިސްނާލުންބާއެވެ. ދެންވާނީ ކިހެނެން ހެއްޔެވެ؟
އަހަރެންނަށް ދެންވީ ގޮތަކީ މާ ބޮޑަށް ވިސްނާލެވުނީއެވެ. އަހަރެންގެ ހިތައްއަރަނީ އަހަރެންގެ ދިރިއުޅުން ކަޅުއަނދިރި ދުވަސްތައް އަަންނަނީ ކީއްވެބާއެވެ. އަހަންނަށް ހައްގު މިންވަރަކީ އެއީ ބާވައެވެ. އަހަރެން ލޯކުރިމަތިން ފެންނަނީ އަހަރެންގެ އޮފީސް މޭޓުންނާއި ކުރީގެ ކޮލީގުންނާއި، ރައްޓެހި ރަހުމަތްތެރިންގެ އުފާވެރި ދިރިއުޅުންތަކެވެ. އެމީހުން ކުރިއަރާމުންދާ މަންޒަރެވެ.
އޭނައަށް މޮޅުކަންތައްވާއިރު އަހަންނަށްވެސް ވާންވާނެއެވެ. މިއީ އަހަންނަށް ވިސްނޭގޮތަކީ، އޭނައަށްވާ ކޮންމެ ކަމެއް އަހަންނަށްވާނެޖެހޭނެއެވެ. މިކަންކަން ހާސިލްކުރުމަށް ކޮންމެވެސް ހަތިޔާރެއް އަހަރެން ބޭނުންކުރަމުއެވެ. އެއީ ސިނކުޑިން ކުޅޭ ފިކުރިއްޔާތުންނާއި ބަހާއި އަމަލުންނެވެ. އެކަމަކު އެއިން އަހަންނަށް މަންފާއެއް ނުކުރަތެވެ. އަހަރެން ކިތަންމެ ބޭނުންވިޔަސް އެކަން އެގޮތަށް ނުހިނގައެވެ. ދަށް ކުޑުވިކާލަވިކާލަ އިންނަން ޖެހުން ނޫންކަމެއް އަހަންނަނެތެވެ.
މިވަރުވަނީ އަހަރެންގެ ވިސްނުން ގޯސްވުމުގެ ސަބަބުންކަމަށް އަހަރަންނަށް ގަބޫލު ނުކުރެވެއެވެ. އަހަރެންގެ ކުށް އަހަންނަށް ނުފެނެއެވެ. ކީއްވެ އަހަރެންނަށް އަހަރެންގެ ކުށް ނުފެންނަނީ! މިގަބޫލުކުރުން މިއީ ކިހާ ގޯސްކަމެއް ކަމެއް އަހަންނަކަށް ނޭނގެއެވެ. މިއީ އަހަރެންނަށް ވިސްނޭ ގޮތެވެ. ވިސްނުންތަކުން އަހަރެންގެ ޙިޔާލް ދިޔައީ ބަރުކުރަމުންވެ. މޮޔަކުރަމުންނެވެ. ދުނިޔޭގެ ހުރިހާ މޮޅެއް ހޯދުމަށް ވިސްނާލެވެމުންނެވެ.
އެއްކަލަ އަހަންނަ ދެންވީ ގޮތް ކިޔާލަމާ ހިނގާ!
ވިސްނިވިސްނިގެން އަހަރެންގެ ބޯގޮވީއެވެ. އޭނައަށް ލިބޭ ކޮންމެ މޮޅެއް އަހަންނަށްވެސް ލިބުމަށް އަހަރެންގެ ޒަމީރު އަހަންނަށް ބުނެދިނީއެވެ. އޭގެ ނަތީޖާ ވަރަށް ދެރައެވެ. އޭނަ ކުރިއަރައިގެން ދިޔައިރު އަހަންވީ މާދެރަގޮތެވެ. އަހަރެންމީ މިއަދު ޑިޕްރެޝަން ތަހައްމަލުކުރާ މީހެކަށްވިއެވެ. ބޭކާރު ވިސްނުންތަކުގެ ސަބަބުން އަރެންގެ ހަލާކު ވެގެންދިޔައިރުވެސް އަހަންނަކަށް ނޭނގުނެވެ. މިއަދު އޭނައެއްވެސް މީނައެއްވެސް އަހަރެންގެ ފަހަތުގައެއްނެތެވެ. މޮޔައެއްފަދައިން އަރެން ދުވަންޖެހުނީއެވެ. އަހަރެންމީ މިއަދު ޑިޕްރެޝަން ތަހައްމަލުކުރާމިހެކެވެ.
ވިސްނާލުން މުހިންމު
ނަފްސާ ދޭތެރޭ އެންމެ ފަހަރަކުވެސް ވިސްނާލަމާ ހިނގާށެވެ. މިއާޓިކަލްގައި “އަހަރެން”މީ ތިބާއެވެ. މިއީ މުޖުތަމައުގައި އާންމުކޮށް ކަންހިނގާގޮތެވެ. މިއީ ވަރަށް ގިނައިން ފެންނަ މަންޒަރެކެވެ. މުޖުތަމައުގައި މިފަދަ އެތައްބަޔަކު އެބަތިއްބެވެ. ކޮންމެވެސްވަރަކަށް ވިސްނާލެވޭ ބޭކާރު ވިސްނުންތަކުން ދުރުވެވޭނެ ގޮތެއް އޮންނަން ޖެހެއެވެ. އެވިސްނުންތަކާއި ފިކުރުތަކުން ނަފްސް ހަލާކުވުން ނޫން ގޮތެއް ނޯންނާނެއެވެ. މިއި ޑިޕްރެޝަނަށް ބައެއްމީހުންދާ އެއް ސަބަބެއް ކަމަށް ވެއެވެ. އަމިއްލައަށް ވިސްނާލެވޭ ބޭކާރު ވިސްނުންތަކުގެ ސަބަބުން ހާލުވެ މުޖުތަމައުއިން އެކަހެރިވާ ހިސާބަށް ދެއެވެ.
ހިތަށް ތަސައްލީއެއް ހޯދަން ކޮންމެވެސް މީހަކާ ވާހަކަ ދައްކާލަން ޖެހެއެވެ. އޭރުން ކޮންމެވެސް ވަރެއްގެ ހައްލެއް ލިބިދާނެ ކަމަށްގަބޫލު ކުރެވެއެވެ. ކޮންމެ މީހެއްގެ ދިރިއުޅުމުގައިވެސް އުފާތަކާ ހިތްދަތިކަންތައް ހުންނާނެއެވެ. އަޖައިބުކުރުވަނިވި އިހުސާސްތަކާއި އުއްމީދެއްނެތް ވިއްސިވިހާލިތަކެވެ. ކޮންމެ މީހަކުވެސް ސިނކުޑީގައި ހުވަފެނީ ގަޑުވަރެއް ކުރަހާލާއެވެ. އެޙިޔާލީ އެ އެގަޑުވަރުގައި ދޮން ލޯބި ބައްޓެއްފަދަ މީހަކާއެކީ ހަޔާތް ހޭދަކޮށް އެތަކެއް ދަރިން ލިބެއެވެ. ނަމަވެސް ކުރެވޭ މޮޅު ޕްލޭނުގެ އެ ސަފްހާތައް އުކާލަން ޖެހޭނީ ފަރުވާތެރިކަމާ އެކީގައެވެ. ކޮންމެ މީހަކީ އެގަޑުވަރުގެ ތަޅުދަނޑި ލިބޭނެ މީހެއްނޫންކަން ދަންނަންވާނެއެވެ.
މާކުރިން ތިބާގެ ހުރިހާކަމެއް ވަނީ ލިޔުއްވިފައެވެ. ދުނިޔެއަކީ އިމްތިހާނެކެވެ. ކޮންމެ ކަމެއްވެސް ވާނީ އެންމެ ރަނގަޅަށްކަން ދަންނަން ޖެހެއެވެ. ތިބާ ތި ވިސްނާ ވިސްނުންތަކަކީ ތިބާގެ ހަލާކެވެ. ތިބާއަށް އޮތީ އިމްތިހާނީ މި ދުނިޔެއިން ފާސްވުމެވެ. ނަފްސާނީ ބަލީގެ ޝިކާރައަކަށްވުމުގެ ކުރިން ނަފްސާ ސުވާލު ކޮށްލާށެވެ. އޭރުން ދުނިޔޭގެ އުފާތައްލިބި ހަޔާތް އާރާސްތުވާނެކަން ޔަގީނެވެ. އަހަރެން ޑިޕްރެޝަންގެ ވަބާއިން މަރުވާން ދޫކޮށްނުލާށެވެ. ތިބާއަށްވީ އެހީތެރިކަމެއްވެސް ފޯރުކޮށްދޭށެވެ.
އަހަރެންގެ ވިސްނުން އަހަރެން ބަދަލުކުރާނީ އިމާނާއި ނަމާދުންނެވެ.

