ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތްކުރާ 4،000 ފުލެޓު ލިބޭ މީހުންގެ ވަގުތީ ލިސްޓަށް ޝަކުވާ ހުށައަޅަން ނިންމައިފިއެވެ.
މި ފްލެޓަށް ޝަކުވާ ހުށައަޅާން ނިންމާފައިވަނީ އަންނަ ހަފްތާއިން ފެށިގެންނެވެ.
ބިމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ.ޢަލީ ހައިދަރު މިހެން ވިދާޅުވީ ޕީއެސްއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަފުޅުދައްކަވަމުންނެވެ.
މިނިސްޓަރު ވިދާޅުވީ 4000 ފުލެޓަށް އެދި ހުށައަޅާފައިވާ ފޯމްތައް އަލުން އިވެލުއޭޓް ކުރުމުގެ މަސައްކަތްތައް ކުރަމުންދާ ކަމަށާއި، ހުށަހަޅާފައިވާ ހުރިހާ ފޯމެއް އިވެލުއޭޓްކޮށް ނިމުމުން އަންނަ ހަފުތާ ތެރޭގައި 4000 ފުލެޓް ލިބޭ މީހުންގެ ވަގުތީ ލިސްޓް އިއުލާންކުރާނެ ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ ވަގުތީ ލިސްޓަށް ޝަކުވާގެ ފުރުސަތުވެސް ހުޅުވާލާފައިވާ ކަމަށާއި، އެމަސައްކަތް އެއްކޮށް ނިންމާފައި ފުލެޓްތައް މިއަހަރު ނިމުމުގެ ކުރިން ހަވާލުކުރާނެ ކަމަށެވެ.

